މައިކްރޯސޮފްޓުން އިތުރު ހަ ހާހަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.
ސީއެންބީސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ވަކިކުރުންތައް އެ ކުންފުނީގެ ހުރިހާ ފަންތިއެއްގެ ހުރިހާ ދާއިރާއަކުން ކުރިއަށްދާނެ އެވެ. މީގެ ތެރޭގައި މައިކްރޯސޮފްޓުގެ ގޭމިން ޑިވިޝަނަށް ވެސް އަސަރުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން، ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް މައިކްރޯސޮފްޓުގައި ގާތްގަނޑަކަށް 228،000 މުވައްޒަފުން ތިއްބެވެ. މިއަދަދުގެ ތިން ޕަސެންޓު މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާއިރު، އެއީ ގާތްގަޑަކަށް 6،840 މުވައްޒަފުންނެވެ.
މައިކްރޯސޮފްޓުގެ ފަރާތުން ސީއެންބީސީއަށް ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ވަކިކުރުންތަކުގެ އެއް މަޤްޞަދަކީ މެނޭޖްމަންޓުގެ ފަންތިތައް މަދުކުރުން ކަމަށެވެ. ކުންފުނި ކާމިޔާބު ކުރުމަށްޓަކައި ބަދަލުވަމުންދާ މާކެޓްޕްލޭސްއެއްގައި ކުރަންޖެހޭ އޮގަނައިޒޭޝަނަލް ބަދަލުތައް ގެންނަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިއީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި މައިކްރޯސޮފްޓުން ގަނޑުކޮށް ގިނަ މުވއްޒަފުންތަކެއް ވަކިކުރި ފަހުން މިހާގިނަ އަދަދެއްގެ ބަޔަކު ވަކިކުރާ ފުރަތަމަ ފަހަރެވެ. އޭރު ކުންފުނިން ވަކިކުރި 10،000 މުވައްޒަފުންނަކީ އޭރުގެ މުޅި ވޯކްފޯސްގެ 4.5 ޕަސެންޓެވެ.
2023ގެ ވަކިކުރުންތަކުގައި އެކްސްބޮކްސް އަދި ބެތެސްޑާގެ ވީޑިއޯ ގޭމް ޑިވިޜަންތަކަށް އަސަރުކުރިއެވެ. މީގެ ތެރޭގައި 2021 ގެ ހޭލޯ އިންފިނިޓީ ގޭމް ހެދި 343 އިންޑަސްޓްރީސްއިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރިއެވެ. އަދި މައިކްރޯސޮފްޓުގެ ހޮލޯލެންސް ވިޔަފާރިއާއި ބައެއް އިންޖިނިއަރިން ޑިވިޒަންތަކަށް ވެސް މި ވަކިކުރުންތަކުގެ އަސަރުކުރި އެވެ.
23 ގެ ވަކިކުރުންތަކުގައި އެކްސްބޮކްސް އަދި ބެތެސްޑާގެ ވީޑިއޯ ގޭމް ޑިވިޜަންތަކަށް އަސަރުކުރި
އޭގެ އިތުރުން 2024 ގެ ޖަނަވަރީ މަހުގައި ގޭމްސްއާ ގުޅުންހުރި ވަކިކުރުންތަކެއް ކުރިއަށް ގެންދިޔައެވެ. މިގޮތުން އެކްސްބޮކްސް، ބެތެސްޑާ އަދި އޭރު އަލަށް ގަނެފައިވާ އެކްޓިވިޜަން ބްލިޒާޑުން 1،900 މުވައްޒަފުން ވަކިކުރި އެވެ.
މައިކްރޯސޮފްޓުގެ ގޭމިން ޑިވިޝަންގެ އިސްވެރިޔާ ފިލް ސްޕެންސާ އޭރު މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި ނިންމުން ނިންމާފައިވަނީ މައިކްރޯސޮފްޓާއި އެކްޓިވިޝަން ބްލިޒާޑުގެ ލީޑާޝިޕް ޓީމުތަކުން "އިސްކަންދޭނެ ކަންކަން ކަނޑައަޅައި، އޯވަރލެޕްވާ ދާއިރާތައް ފާހަގަކޮށް، އަދި ކުރިއެރުމަށް އޮތް އެންމެ ރަނގަޅު ފުރުޞަތުތަކާމެދު އެއްބަސްވުމަށްފަހު" ކަމަށެވެ.
ސްޕެންސާ މުވައްޒަފުންނަށް ފޮނުވި އީމެއިލްގައި ބުނެފައިވަނީ "2024 ގައި ކުރިއަށްދާއިރު، މައިކްރޯސޮފްޓް ގޭމިންގ އަދި އެކްޓިވިޜަން ބްލިޒާޑުގެ ލީޑަރޝިޕުން ވަނީ އެކުންފުނީގެ ކުރިއަރަމުންދާ ވިޔަފާރި އެއްކޮށް ސަޕޯޓްކުރެވޭނެ ދެމެހެއްޓެނިވި ހަރަދު އޮނިގަނޑަކާއެކު ސްޓްރެޓެޖީއެއް އަދި ތަންފީޒުކުރާނެ ޕްލޭނެއް އެކުލަވާލުމަށް އެއްބަސްވެފައެވެ. އިސްކަންދޭނެ ކަންކަން ކަނޑައަޅައި، އޯވަރލެޕްވާ ދާއިރާތައް ފާހަގަކޮށް، އަދި ކުރިއެރުމަށް އޮތް އެންމެ ރަނގަޅު ފުރުޞަތުތަކާމެދު އެއްބަސްވެފައި ކަމަށެވެ.
"މި ޕްރޮސެސްގެ ބައެއްގެ ގޮތުން، އޮތުން، އަޅުގަނޑުމެންގެ ޓީމުގައި ތިބި 22,000 މީހުންގެ ތެރެއިން ގާތްގަނޑަކަށް 1,900 މަޤާމު އުނިކޮށް ގޭމިންގ ވަރކްފޯސް ކުޑަކުރުމަށް އުނދަގޫ ނިންމުމެއް ނިންމަން ޖެހުނު، ގޭމިންގ ލީޑަރޝިޕް ޓީމާއި އަޅުގަނޑު ވަރަށް ފަރުވާތެރިކަމާއެކު މި ޕްރޮސެސް ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެފައި" ސްޕެންސަރ ބުނެފައިވެއެވެ.
މައިކްރޯސޮފްޓުން އަލަށް އިޢުލާންކޮށްފައިވާ 3% ގެ ވަކިކުރުންތަކުގައި ކުންފުނީގެ ގޭމިންގ ޑިވިޜަންއިން ވަކިކުރާނީ ކިތައް މުވައްޒަފުންކަމެއް އަދި ސާފެއް ނުވެއެވެ.
މައިކްރޯސޮފްޓުން އިތުރު މުވައްޒަފުންތަކެއް ވަކިކުރަނީ މައިކްރޯސޮފްޓުން އިތުރު މުވައްޒަފުންތަކެއް ވަކިކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ