"ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން. ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް،" މަހާޒް ލިޔުއްވާފައިވެ އެވެ.
ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން ކުރިމަތިވި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މިހިސާބަށް އާދެވެމުން އުފާ ކުރައްވާކަމަށް މިއަދު ފަނޑިޔާރު ކަމުން ވަކިކުރި މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި މަހާޒްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ވަކިކޮށްފަ އެވެ.މަޖިލީހުން މިއަދު އެގޮތަށް ފާސްކުރުމާއެކު މަހާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގައި ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ހުރިހާ މަސައްކަތެއް ވެސް ކުރެއްވީ ކުރާ ހިތުން ކަމަށެވެ."ސުޕްރީމް ކޯޓުގެ އެތެރެއިންނާއި ބޭރުން އައި އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މި ހިސާބަށް އާދެވުމުން އުފާކުރަން. ކީރިތި الله އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތީ އަދި މާއުފާވެރި ދުވަސްތަކެއް،" މަހާޒް ލިޔުއްވާފައިވެ އެވެ.މަހާޒް ވަނީ މި ދަނޑިވަޅުގައި ހިތްވަރު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.
"ގާނޫނާ ހިލާފަށް ހިނގަމުންދިޔަ ކަންކަމަށް ދެކޮޅުހައްދަވައި ފާޅު ކުރެއްވި އެންމެހައި ޝުއޫރުތަކަށް ވެސް ޝުކުރު އަދާކުރަން،" މަހާޒް ވިދާޅުވި އެވެ.މަހާޒްގެ އިތުރުން އަޒްމިރަލްދާ ވެސް ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓަށް ވެސް އަދި އެހެން އެއްވެސް ކޯޓެއްގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުއްވުމަށް ގުޅުއްވާފައި ނުވާނެ ކަމަށެވެ. މިއީ އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށް ނިންމި ގާނޫނާ ހިލާފު ނިންމުމެއްކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.މަޖިލީހުން މިއަދު ދެ ބޭފުޅުން ފަނޑިޔާރުން ވަކިކުރުމާ ހަމަޔަށް ތިއްބެވީ ވެސް ސަސްޕެންޝަންގަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އެއްވެސް ނުފޫޒަކަށް ބޯނުލަނބައި މިހިސާބަށް އާދެވުމުން އުފާކުރަން: މަހާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ