ކިތަންމެ ލޯބިވާ މީހަކާއެކު ދިރިއުޅުނަސް މިގޮތަށް ޢަމަލުނުކޮށް އުފާވެރިކަމެއް ނުލިބޭނެ! ގިނަ ބައަކަށް ހިތާމަކުރަންޖެހެނީ މިގޮތަށް ޢަމަލުނުކުރެވޭތީ!

ތިމާ ކިތަންމެ ބޮޑަށް ލޯބިވާ މީހަކާއިއެކު ދިރިއުޅުނަސް ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. އަޑުއަހާށެވެ! އަހުރެން މިކިޔައިދެނީ އަހުރެންގެ ނިންމުމެވެ. އަހުރެން ޢަމަލުކުރާނެ ގޮތެވެ.  
ތިބާއަކީ އަހުރެންނަށް ވަރަށް މުހިންމު މީހަކަށްވެދާނެއެވެ. އަދި އަހުރެންނަކީ ތިބާ ދެކެ ވަރަށް ލޯބިވާ މީހަކަށްވެސް ވެދާނެއެވެ. އެހެންކަމާއިއެކުވެސް އަހުރެން ތިބާއާއިމެދު ޢަމަލުކުރާނީ ތިބާވެސް އަހުރެންނާއިމެދު ޢަމަލުކުރާ ގޮތަކަށެވެ.  
ތިބާއަށް އަހުރެން މުހިންމުނުވާ ވަޤުތުން ފެށިގެން އަހުރެންނަސް ތިބާ މުހިންމެއް ނުވާނެއެވެ. އަހުރެންގެ އަގު ވަޒަންނުކުރާ މީހަކަށް އަހުރެންގެ ދިރިއުޅުމަކުން އެއްވެސް ފުރުޞަތެއް ނުދޭނަމެވެ. ޚިޔާނާތްތެރިވެ އިތުބާރު ގެއްލުވާލައިފި މީހަކަށް ޢަމްދުން ފުރުޞަތެއް ނުދޭނަމެވެ. އަހުރެން ތިބާއަށް އިޙްތިރާމްކުރާނީ ތިބާ އަހުރެންނަށް އިޙްތިރާމްކުރާނަމައެވެ.  
އަހުރެންގެ އަގުވަޒަން ނުކުރާ، އަހުރެން ބަލައި ނުގަންނަ މީހަކާއިއެކު އެންމެ ދުވަހެއްވެސް ހޭދަކުރާކަށް ނެތީމެވެ. އެފަދަ މީހަކާއިއެކު ވަޤުތު ބޭކާރުކުރާކަށް ނެތީމެވެ. ވީމާ ތިބާ އަހުރެންނަށް އިޙްތިރާމްކުރާށެވެ! އަހުރެންވެސް އިޙްތިރާމްކުރާނަމެވެ. ތިބާ އަހުރެންނާއިއެކުގައި ވާހައި ހިނދަކު އަހުރެން ތިބާއާއިއެކުގައި ވާނަމެވެ.  
އެކަމަކު ބުނަން ހެއްޔެވެ؟ ތިބާ އަހުރެންނާއި ދުރަށް ހިނގައިގެންފިނަމަ ތިބާގެ ފަހަތުން އަހުރެން ދާނެ ކަމަށް ހީވެސް ނުކުރާށެވެ! ތިބާއަށްވުރެ ބާރަށް އަހުރެން ތިބާއާއި ދުރަށްދާން ގައިހުރި ބާރަކަށް ދުއްވައިގަންނާނަމެވެ.  
މިއީ އަހުރެން ދުނިޔޭގެ އެންމެންނަށް ދިން ނަޞީޙަތެކެވެ. ނިންމާލަމުންވެސް ބުނާނީ ކިތަންމެ ލޯބިވާ މީހަކާއެކު ދިރިއުޅުނަސް މިގޮތަށް ޢަމަލުނުކޮށް އުފާވެރިކަމެއް ނުލިބޭނެއެވެ. ގިނަ ބައަކަށް ހިތާމަކުރަންޖެހެނީ މިގޮތަށް ޢަމަލުނުކުރެވޭތީއެވެ. ތިމާގެ ދިރިއުޅުން ބާއްޖަވެރިކޮށް އުފާވެރިކުރުވުމަކީ އެމީހަކު ކުރަންޖެހޭ ކަމެކެވެ.
 
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ