ދިރާގާއެކު ރީލޯޑްކޮށްގެން 60،000 ރުފިޔާ ހޯދުމުގެ ފުރުސަތު

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ރީލޯޑްކޮށްގެން 60،000ރ. ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފި އެވެ.ދިރާގުން ބުނި ގޮތުގައި މިއީ ހަފުތާއަކު ޖުމްލަ 300 ރުފިޔާއަށް ވުރެ ގިނައިން ރީލޯޑް ކުރާ ނުވަތަ ޑޭޓާ އެޑް-އޮން އެކްޓިވޭޓްކުރާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުގެ ނަސީބުވެރިއަކަށް 10،000 ރުފިޔާ ލިބިގެންދާނެ ޕްރޮމޯޝަނެކެވެ.ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 20ރ. އިން މަތިން ކުރާ ކޮންމެ ރީލޯޑަކަށް ޕްރޮމޯޝަންގެ ދަށުން 1ޓީބީ އާ ހަމައަށް ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.މީގެއިތުރުން، އެ ޕްރޮމޯޝަންގައި ދިރާގުއެޕް، ދިރާގުޕޭ، މައިއެކައުންޓް ނުވަތަ ދިރާގުގެ ޕާޓްނާ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިހްތިޔާރުކުރެވޭ ގޮތަށް އެކިއެކި ޕްރިޕެއިޑް ޕްލޭންތައް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.ދިރާގުން އަންނަނީ ކަސްޓަމަރުން ޝައުގުވެރިވާ އެކި ޕްރޮމޯޝަންތައް ހިންގައި، ބޮޑެތި ފައިސާގެ އިނާމު އަދި އަގުހުރި އިނާމު ކަސްޓަމަރުންނަށް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ