ސްޓެލްކޯގެ ސްކޮލަޝިޕްތަކާ ބެހޭ ސެޝަނެއް މި ބުރާސްފަތީގައި

ސްޓެލްކޯއިން އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް އިނގިރޭސިވިލާތުގައި ކިޔެވުމަށް ދޭ ސްކޮލަޝިޕްތަކާ ގުޅޭ މައުލޫމާތު ދިނުމަށް އަންނަ ބުރާސްފަތީގައި ސެޝަނެއް ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯއިން މިއަދު ބުނި ގޮތުގައި:
އެ ސެޝަން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11 އިން 12އަށް ސްޓެލްކޯގެ ޓްރެއިނިން ރޫމް (ފަސް ވަނަ ފަންގިފިލާ)ގައި 
އޭގެ އިތުރުން، އޮންލައިން އިންފޮމޭޝަން ސެޝަނެއް އެ ދުވަހުގެ މެންދުރު ފަހު 1 އިން 2އަށް ވެސް ބާއްވާނެ؛ އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ސެޝަންއަށް ރަޖިސްޓްރީވުމަށް އެދި [email protected]އަށް އީމެއިލް ފޮނުވަން އެދިފައިވޭ
ތަފްސީލް - 'މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލަޝިޕް ސްކީމް'ގެ ސްކީމްގެ ދަށުން ހުޅުވާލާފައިވާ ބެޗެލާސް ޑިގްރީ ފެންވަރުގެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ:
އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް އިންޖިނިއަރިން ދާއިރާއިން އެއް ފުރުސަތު 
މެކޭނިކަލް އިންޖިނިއަރިން ދާއިރާއިން 2 ފުރުސަތު
މި ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނީ:
24 އަހަރުން ދަށުގެ މީހުންނަށް
ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓަ ސައިންސް ހިމެނޭހެން އޭލެވެލްގައި ދެ 'އޭ ސްޓާ' އަދި އޭއެއް ހޯދާފައިވާ ދަރިވަރުންނަށް ނުވަތަ އެއާ އެއް ފެންވަރެއްގެ އައިބީ ސެޓްފިކެޓެއް އޮތް މީހުންނަށް
މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ މި ސްކޮލަޝިޕަށް ހޮވާ ދަރިވަރުންނަށް ސްޓެލްކޯއިން ދޭނީ:
ކޯސް ފީ 
އެސްޓަބްލިޝްމަންޓް އެލަވަންސް
ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާ 
ދެކޮޅު ޓިކެޓް
ވިސާ ފީ 
ފޮތްތަކަށް ދޭ އެލަވަންސް
ސްޓެލްކޯއިން ބުނީ ކޯސް ފެށުމުގެ ކުރިން ސްޓެލްކޯގައި އިންޓާންޝިޕެއް އަދި ކޯހަށް ފަހު ވެސް ސްޓެލްކޯގައި ހިދުމަތްކުރަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ