މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ނުވަނީސް, ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ތިން ދަރަޖަ ފަހަތަށް!

މުއިއްޒު ވެރިކަމުގެ ހުވާކުރެއްވިތާ ދޮޅު އަހަރު ނުވަނީސް, މިއަދު ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން އާންމުކުރި ކޮރަޕްޝަން އިންޑެކްސް ޕާސެޕްޝަންގައި ދިވެހިރާއްޖެ ތިން ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ.
ކޮރަޕްޝަން އިންޑެކްސް ޕާސެޕްޝަންގައި ރާއްޖެ 3 ދަރަޖަ ފަހަތަށް ގޮސްފައިވާއިރު، 2024 ވަނަ އަހަރުގެ އިންޑެކްސްގައި ރާއްޖެއަށް ލިބުނީ 38 ޕޮއިންޓެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އެއް ޕޮއިންޓް ދަށް އަދަދެކެވެ.
ކޮރަޕްޝަން އިންޑެކްސްގައި މިހާރު ރާއްޖެ އޮތީ 96 ވަނައިގައެވެ. މިއީ 2023 ވަނަ އަހަރު ރާއްޖެ އޮތް 93 ވަނައާ އަޅާބަލާއިރު ތިން ދަރަޖަ ފަހަތަށް ދިއުމެކެވެ.
ދެކުނު އޭޝިއާގެ ސަރަހައްދަށް ބަލާއިރު، އިންޑިއާއަށްވެސް ލިބިފައިވަނީ ރާއްޖެއާ އެއްވަރަށް 38 ޕޮއިންޓެވެ. އެހެންކަމުން އިންޑިއާވެސް މިވަގުތު ވަނީ ރާއްޖެއާ އެއް އެއް ހަމައެއްގައި، 96 ވަނައިގައެވެ.
މީގެ ކުރިން މުއިއްޒު ވިދާޅުވެފައިވަނީ މި ސަރުކާރުން ކޮރަޕްޝަނަށް ޖާގައެއް ނުދޭނެ ކަމުގައެވެ. އެހެންނަމަވެސް މިސަރުކާރު ފާހަގަ ކުރެވިފައިވަނީ, ދޮޅު އަހަރުވެގެން ދިޔައިރު, މުޅި ދައުލަތުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އާންމު, އެންމެ މަތިން ފެށިގެން ތިރިއަށް ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ވަމުންދާ ސަރުކާރެއްގެ ގޮތުގައެވެ.
ހަމައެއާއެކު, ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް, ޚުދު މުއިއްޒުވެސް ގެންދަވަނީ ކޮރަޕްޝަންގެ ފައިސާ އަމިއްލަފުޅު ޖީބަށް ލައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ