މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ

ލާމު އަތޮޅުގެ ރަށެއްގައި މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނިފައި ވަނީ ލ.ގަން (ތުނޑީ ފެސްފަރީ) އަބުދުލްސަމަދު މުހައްމަދުއެވެ.
ދާ ޖަހަގެން މަސް ހިފަން ދިޔަ އަބުދުލްސަމަދު ލާމުގެ ފަޅު ރަށެއް ކަމަށްވާ މަހަކަންފުށި ކައިރިއަށް ގޮސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި އޭނާ ގެއްލިގެން ހޯދުމަށް ލ. ގަމު ކައުންސިލުން ވެސް ވަނީ އިއުލާނުކޮށްފައެވެ.
ލ. ގަމު ކައުންސިލްގެ ރައީސް އަހްމަދު ޒަކީ ވިދާޅުވީ އަބްދުލްސަމަދު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ މޫދުގައި ނިޔާވެފައި އޮއްވާ ކަމަށެވެ. އަދި މިހާރު އަބްދުއްސަމަދުގެ ހަށިގަނޑު ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އަހްމަދު ޒަކީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ