މިދިއަހަރުގެ ބޮޑުއީދާ ދިމާކޮށް 'ދައްސޫރަ' ބޮޑުބެރު ގުރޫޕުން ނެރުނު 'އީދު މާލި' ނުވަތަ ފަންމާލި ވެގެންދިޔައީ ކުޅުދުއްފުށީގައި އުވެމުންދިޔަ ކުޅިވަރެއް ދިރުވާ އެ ސަގާފަތް އަނބުރާ ގެނެސްދިން ބަޔަކަށެވެ.
ފަނުން ވިޔެފައިވާ ބޮޑުމަހާއި ދޫންޏާއި އަދިވެސް އެހެނިހެން މާލިތައް ފެނިގެންދިޔުން ވެގެންދިޔައީ އީދުގެ ކުޅިވަރުތަކަށް އާ އުންމީދެއް ގެނެސްދިން ހަރަކާތަކަށެވެ. އެހެންވުމުން މިއަހަރުވެސް ގިނަ ބަޔަކު އެ ހަރަކާތަށް ވަރަށް ބޮޑަށް އިންތިޒާރު ކުރި އެވެ.
އީދު ވިލޭރޭ ނެރުނު 'ފަންމާލި'ތައް މިދިޔަ އަހަރަށްވުރެ ފުރިހަމަވެފައިވާ ޗާލެވެ. ހަމައެކަނި ބޮޑު މަހަށް ބަލާލިކަމުގައިވިޔަސް ހުނބުޅުތަކާއެކު އޮތް އެ މަސް ތައްޔާރުކުރާކަށް ފަސޭހައެއް ނުވާނެކަން އެނގެ އެވެ. ކަވި ބުރަ މަސައްކަތެކެވެ.
ދައްސޫރައިގެ އީދު މާލި ހަރަކާތުގައި އުޅުނު ދޫނި މާލިތަކެއް. މިހަރަކާތަށް މިއަހަރުވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު--
ދައްސޫރައިގެ އީދު މާލި ހަރަކާތުގައި އުޅުނު ބޯވަދިލަ މަސް މާލިތަކެއް
ދައްސޫރައިގެ އީދު މާލި ހަރަކާތުގެ ތެރެއިން--
ދައްސޫރައިގެ އީދު މާލި ހަރަކާތުގެ ތެރެއިން--
ދައްސޫރައިގެ އީދު މާލި ހަރަކާތުގެ ތެރެއިން--
މި މާލި ހަރަކާތުގައި ވަކި ދޫކުރާނެ މާއްޏެއް ނެތެވެ. ފުރިހަމަ ޗާލު މަސައްކަތެވެ. މިއަހަރުގެވެސް މި މާލި ހަރަކާތުގައި ކުޅުދުއްފުށީގެ މުއްސަނދި ސަގާފަތް ފެނިގެންދެ އެވެ. ފޯކްލޯކް ވާހަކަތަކުގައި އުޅޭހަތްބޯރާއި ހައިހެޅެ ފަދަ މާލިތަކެވެ. މުޅޯށި މާލިތަކާއި ރީތި ބޮޑު މަހެވެ. މާރިނދާއި ދޫނިމާލިތަކާއި ބޯވާދިލަ މަސްތައް ތައްޔާރުކޮށްފައިވާހެއް އެހާމެ ފުރިހަމަ އެވެ.
ބަލާ ބެލުމަށް މިއީ ފަސޭހަކަމެއްހެން ހީވިޔަސް މީއީ ވަރަށް ބުރަ މަސައްކަތެކެވެ. ފަނުން ތަކެތި ތައްޔާރުކޮށް ވިޔުމަށް އެތައް ވަގުތެއް ހޭދެކުރި އެވެ. ފަންނުވެރިކަމާއި ވިޔުމުގެ ހުނަރު ފުރިހަމައަށް މިހަރަކާތުން ދައްކާލި އެވެ.
ދައްސޫރައިގެ އަބުދުލްހަމީދު މުހައްމަދު (ހަމިއްޓެ) ބުނީ، މިއީ ފަނަރަ ދުވަހުގެ މަސައްކަތް ކަމަށާއި މިދިޔަ އަހަރާއި އަޅައި ބަލާއިރު މިއަހަރުގެ މާލިތައް ދެގުނަ ވާނެ ކަމަށެވެ. އެގޮތުން މިއަހަރު މި މާލި ހަރަކާތުގައި 60 އެއްހާ މާލި ބައިވެރިވި އެވެ.
މި މާލި ހަރަކާތް ބަލާލުމަށް ނުކުމެ އޮތް ކުދި ބޮޑު އެންމެންވެސް ބުނީ، މިއީ އެއްވަނައިގެ އީދާ ގުޅޭ ފުރިހަމަ ހަރަކާތެއް ކަމުގަ އެވެ.
ދައްސޫރައިގެ އީދު މާލި؛ ފަންނުވެރިކަމުގެ ފުރިހަމަ މަސައްކަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ