ބޮޑު އީދާ ގުޅިގެން ސިފައިން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ސަރުކާރުގެ ގިނަ އިދާރާތަކަކާއި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ގުޅިގެން 'އީދު ހަވީރު 1446'ގެ ނަމުގައި މިއަދު ހަވީރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ. އީދު ހަވީރު ބާއްވާފައިވަނީ:
ސަލްޓަން ޕާކު
ޝަހީދުންގެ ބިނާ ސަރަހައްދު
ޖުމްހޫރީ މައިދާން
ހުޅުމާލެ ސެންޓްރަލް ޕާކު
ހިޔާ ފްލެޓް ސަރަހައްދު
ތަފްސީލް - މި ހަވީރުގައި ސިފައިންގެ އެކި ދާއިރާތަކުން ބައިވެރިވެގެން ކުޑަކުދިންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި:
އެމްއެންޑީއެފް ކޯސްޓްގާޑު އަދި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ އުޅަނދުފަހަރުތަކަށް އަރައި އެ އުޅަނދުތަކުގައި ފޮޓޯ ނެގުން
އެމްއެންޑީއެފް ކޯސްޓްގާޑުން ބޭނުންކުރާ ކުދި ރިބްސްތަކަށް އަރައި ދުއްވާލުމުގެ ފުރުސަތު
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ކުރިޔަށްގެންދިޔަ އޮބްސްޓެކަލް ބެލްޓުގެ ހަރަކާތްތައް
ރެޕެލިން ޓަވަރަށް އަރައި ފޭބުމުގެ ހަރަކާތްތައް
އަދި އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްގެ ފަރާތުން ސަގާފީ ހަރަކާތްތަކެއް ހިމެނުނު
މީގެ އިތުރުން، އެމްއެންޑީއެފް މެރިން ކޯ އަދި އޯޑްނަންސް ސާވިސްގައި ބޭނުންކުރާ ހަނގުރާމަމަތީ ބައެއް އާލާތްތަކާއި އުޅަނދުތަކާއި ހަތިޔާރުތައް އެ ސަރަހައްދުގައި ބަހައްޓައި، ކުޑަކުދިންނަށް އެ ތަކެއްޗާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ދީފައިވެ އެވެ.
އަދި ކުޑަކުދިންގެ މެދުގައި މަގުބޫލު ގިލީ ސޫޓު އަދި ސްނައިޕަރުންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ.
އެނގުން މުހިންމު - އީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް އޮތް ދެ ދުވަހު ވެސް އޮންނާނެ އެވެ. އީދު ހަވީރު ހަރަކާތް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުންނެވެ.
އީދު ހަވީރުގައި ހުރިހާ ކުޑަކުދިންގެ ޝައުގު އެމްއެންޑީއެފްގެ ސްޓޯލްތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ