ރާއްޖޭގެ ތާއީދާއެކު އައިއެލްއޯގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް ލިބިއްޖެ

ފަލަސްތީނަށް މި ދަރަޖަ ދިނުމަށް އައިއެލްއޯގެ މެމްބަރުންގެ މެދުގައި އިއްޔެ ނެގުނު ވޯޓުގައި، 386 މެމްބަރަކު ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ.
ރާއްޖޭގެ ފުރިހަމަ ތާއީދާ އެކު، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)ގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް ލިބިއްޖެ އެވެ. 
ފަލަސްތީނަށް މި ދަރަޖަ ދިނުމަށް އައިއެލްއޯގެ މެމްބަރުންގެ މެދުގައި އިއްޔެ ނެގުނު ވޯޓުގައި، 386 މެމްބަރަކު ވަނީ އެކަމަށް ތާއީދުކޮށްފަ އެވެ.އޭގެތެރޭގައި، އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ވަފްދުން ވެސް ވަނީ ފަލަސްތީނަށް ތާއީދުކޮށް ވޯޓު ދީފަ އެވެ.ފަލަސްތީނާ ދެކޮޅަށް 15 ގައުމަކުން ވޯޓުދިންއިރު، 42 މެމްބަރަކު ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.
ރައީސް އޮފީހުން ބުނީ މި ތާރީހީ ނިންމުން ނިންމި ވަގުތުގައި ފަލަސްތީނާއެކު ދެމިތިބެން ދިވެހި ވަފުދަށް ފުރުސަތު ލިބުމުން އެކަމާ ވަރަށް ފަޚުރުވެރިވާ ކަމަށެވެ. އަދި ޖެނީވާ ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ރާއްޖޭގެ ވަފްދުގައި ހުންނެވި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ފަލަސްތީނުގެ ވަފުދާ ބައްދަލުކުރައްވައި، ރާއްޖެއިން އެ ގައުމަށް ދެމުން އަންނަ އެއްބާރުލުން އަބަދުވެސް ހަމަ އެގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީން ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ