ބޮޑު އީދުގެ ފުރަތަމަ ދުވަހާ ގުޅިގެން މިއަދު ހަވީރު މާލެ އާއި ވިލިމާލޭގައި މަގުމަތީ އުޅަނދު ދުއްވުން މަނާކޮށްފައި އޮއްވާ، އެ އެންގުމާ 151 މީހަކު ހިލާފުވެފައިވާ ކަމަށާއި އޭގެތެރެއިން 11 މީހަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އީދު ދުވަހުގެ ހަވީރު ވަގުތު ގިނަ ބަޔަކު ކުޑަކުދިންނާ އެކު މަގުމައްޗަށް ހިނގާލަން ނުކުމެ، ކުޅިވަރުތައް ކުޅެ ހަދަން ފުރުސަތު ދިނުމަށް ވަކި ވަގުތެއްގައި މަގުމަތީގައި އުޅަނދު ދުއްވުން މަނާކުރެ އެވެ.
އެ އުސޫލުގެ ދަށުން މިއަދުގެ ހަވީރު 4 އިން 6 އަށް، މާލެ އާއި ވިލިމާލޭގައި، އިންޖީނުލީ އަދި ބެޓެރީ އުޅަނދުތައް ދުއްވުން ވެސް އޮތީ މަނާކޮށްފަ އެވެ. އެ ވަގުތުތަކުގައި ދަތުރު ކުރަން ހުއްދަދީފައި އޮތީ ހަމައެކަނި، އިމަޖެންސީ ހާލަތުގައި ދަތުރުކުރާ އުޅަނދުތަކަށެވެ.
ތަފްސީލް - ފުލުހުން މިރޭ ބުނިގޮތުގައި މަނާ ވަގުތުތަކުގައި ވެހިކަލް ދުއްވި 151 މީހުންގެ ތެރެއިން 141 މީހަކަށް ނަސޭހަތްތެރިވެފައިވެ އެވެ. އަދި 11 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ.
މަގުމަތީގެ އާންމު ގަވާއިދުތަކާ ހިލާފަށް ދުއްވި ތިން މީހަކު ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ:
ނުރައްކާތެރިކޮށް ދުއްވި އެކަކު
ލައިސަންސް މުއްދަތު ހަމަވެފަ އޮއްވާ ދުއްވި އެކަކު
އެއްގޮތަކަށްވެސް ލައިސެންސް ނެތި ދުއްވި އެކަކު
މާލެ ސަރަހައްދުގެ އާންމު ހުރިހާ މަގުތަކެއްގައި މިއަދު ހަވީރު ވެހިކަލް ދުއްވުމަކީ މަނާ ކަމެއް ކަމަށް މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވަނިކޮށް، އޭގެތެރެއިން ހުޅުމާލެ ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އުނިކޮށްފަ އެވެ.
މަނާކޮށްފައި އޮއްވާ 150 އަށް ވުރެ ގިނަ މީހުން ވެހިކަލް ދުއްވި؛ 11 މީހަކު ޖޫރިމަނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ