8 އަހަރު ފަހުން ނިންޓެންޑޯގެ އާ ގޭމިން ކޮންސޯލް ސްވިޗް 2 ރަސްމީކޮށް ލޯންޗް ކޮށްފި

ނިންޓެންޑޯއިން އަށް އަހަރަށްފަހު ފުރަތަމަ ފަހަރަށް އާ ގޭމިން ކޮންސޯލް ކަމަށްވާ ނިންޓެންޑޯ ސްވިޗް 2 ރަސްމީކޮށް ބުރާސްފަތި ދުވަހު ނެރެފި އެވެ. ބޭސް މޮޑެލްގެ އަގަކީ 449.99 ޑޮލަރަށް ވާއިރު މާރިއޯ ކާޓް ވޯލްޑް ހިމެނޭ ބަންޑަލްގެ އަގަކީ 499.99 ޑޮލަރެވެ.
މި ހައިބްރިޑް ކޮންސޯލްގައި ހާޑްވެއާ އާއި ސޮފްޓްވެއާގައި ފާހަގަކޮށްލެވޭ އަޕްގްރޭޑްތަކެއް ހިމެނޭއިރު، އަދިވެސް ގިނަ އޮރިޖިނަލް ސްވިޗް ގޭމްތަކާ އެކު ބެކްވާޑް ކޮމްޕެޓިބަލް އެވެ. ސްވިޗް 2 ގައި ހިމެނެނީ 1080ޕީ ރިޒޮލިއުޝަނާއެކު 7.9 އިންޗީގެ ބޮޑު އެލްސީޑީ ޓަޗްސްކްރީނެއް ކަމަށާއި 120 ހާޓްޒް އާ ހަމައަށް ރިފްރެޝް ރޭޓްތަކަށް ސަޕޯޓް ކުރާ ކަމަށްވެ އެވެ.
ޑޮކް ކުރުމުން 60 ހާޓްޒްގައި 4ކޭ ވިޝުއަލްސް ރެންޑާ ކުރުމުގެ ގާބިލުކަން ހުރެއެވެ. ކަސްޓަމް އެންވިޑިއާ ޓެގްރާ ޓީ239 ޕްރޮސެސަރަކާއި، 12 ޖީބީ LPDDR5X ރޭމް އަދި 256 ޖީބީގެ އިންޓާނަލް ސްޓޯރޭޖާއެކު، ކޮންސޯލް އިން ޕާފޯމަންސް އިތުރުކޮށް، އަވަސް ލޯޑިން ވަގުތު ލިބޭނެ އެވެ.
ރިފްރެޝްޑް ޖޯއި-ކޮން 2 ކޮންޓްރޯލަރުތައް މެގްނެޓް މެދުވެރިކޮށް ގުޅާލައި، ރަނގަޅު އެރްގޯނޮމިކްސް ފޯރުކޮށްދެ އެވެ. ރައިޓް ޖޯއި-ކޮންގައި ގޭމްޗެޓް އެކްޓިވޭޓްކުރާ އާ 'ސީ' ބަޓަނެއް ހިމަނާފައިވާއިރު، މިއީ 12 ބައިވެރިންނަށް ހާއްސަކޮށްގެން ހަދާފައިވާ ބިލްޓް އިން ވޮއިސް އަދި ވީޑިއޯ ޗެޓް ޓޫލް އެކެވެ. އިތުރު ޔޫއެސްބީ-ސީ ކެމެރާ އެކްސެސަރީއެއް ބޭނުންކޮށްގެން ވީޑިއޯ ކޯލްވެސް ކުރެވޭނެ އެވެ.
ވިއްސަކަށް ޓައިޓަލް އާއެކު ލޯންޗްކުރި މި ކޮންސޯލްގައި މާރިއޯ ކާޓް ވޯލްޑް ހިމެނެ އެވެ. ފާހަގަކުރެވޭ ގޭމްތަކުގެ ތެރޭގައި ސައިބާޕަންކް 2077: އަލްޓިމޭޓް އެޑިޝަން، ސަވައިވަލް ކިޑްސް އަދި ޑެލްޓާރޫން ހިމެނެ އެވެ. ސްވިޗް 2 އަށް ބޮޑު ޑިމާންޑެއް އޮތްއިރު ޕްރީ އޯޑަރުތައް ވަރަށް އަވަހަށް ދަނީ ވިކެމުންނެވެ. ނިންޓެންޑޯގެ އަމާޒަކީ 2026 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް 15 މިލިއަން ޔުނިޓް ވިއްކުމެވެ. މި ކޮންސޯލް ބޮޑެތި ރީޓެއިލަރުންނާއި އޮންލައިން ސައިޓްތައް ކަމަށްވާ ވޯލްމާޓް، ގޭމްސްޓޮޕް، ބެސްޓް ބައި، ޓާގެޓް އަދި މައި ނިންޓެންޑޯ ސްޓޯރުން ލިބެން ހުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ