ނަމަވެސް، އަމީންގެ ފޯނު ކޯލުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް އެއްވެސް އަސަރެއް ކޮށްފައިވާކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ބުންޏެވެ.
ހ. ފެންޓެނޯއީ ގޭ މަތިން ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި، އަމިއްލަ މަސްލަހަތު ވަރަށް ބޮޑަށް ޝާމިލުވާއިރު، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، އޭރު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ގުޅުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، އެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފި އެވެ.
ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޔުމްނު ވެއްޓުނު މައްސަލައިގެ އިންކުއަރީއެއް ހެދުމަށް މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އުފެއްދެވި ހާއްސަ ކޮމިޝަނުން މިއަދު މަސައްކަތް ނިންމައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލުކޮށްފަ އެވެ.އެ ކޮމިޝަންގެ ރިޕޯޓު މިހާރު އާންމުކޮށްފައިވާއިރު، ޔުމްނު ވެއްޓުނު ރޭ އެންމެ ފުރަތަމަ އޭނާ އެކު އުޅުނު ޒުވާނުންތަކަކާ އެކު ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގެ ޓެރެސްގައި ކަމަށް ފާހަގަކޮށްފައިވެ އެވެ.
ޔުމްނުއާ އެއްކޮށް އެ ޓެރެސް މަތީގައި އުޅުނު މީހުންގެ ތެރޭގައި، މި ހާދިސާގައި އެންމެ ބޮޑު ތުހުމަތެއް ކުރެވޭ ރައުދު އަހުމަދު ޒިލާލްގެ ބޭބެ ދާއޫދު އަހުމަދު ހިމެނޭ ކަމަށާއި، އޭނާއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމީންގެ ޓީމުގައި ހިމެނޭ މީހެއް ކަމަށް ރިޕޯޓުގައި ބުންޏެވެ.
އަދި އަމީނަށް ބޮޑުބޭބެ ކިޔާ ދެ ކުއްޖަކު ވެސް އެ ޓެރެސް މަތީގައި ޔުމްނުއާ އެކު ޕާޓީ ކުރިކަން އެނގޭއިރު، މި މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ލައިވްކޮށް ކުރިއަށް ގެންދަނިކޮށް، ފުލުހުންގެ އެއްވެސް އޮފިސަރަކަށް ގުޅައި، މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުމަކީ، އާންމު މީހެއްގެ ވިސްނުމުން ބެލިޔަސް، ބަލައިގަންނަން ދަތިކަމެއް ކަމުގައި ރިޔާސީ ކޮމިޝަނަށް ފެންނަ ކަމަށް ބުނެފައިވެ އެވެ.ނަމަވެސް، އަމީންގެ ފޯނު ކޯލުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް އެއްވެސް އަސަރެއް ކޮށްފައިވާކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ބުންޏެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި، އޭރުގެ ޕޮލިސް ކޮމިޝަނަރު ޝުޖާއު އަށް ގުޅުއްވި ކަމަށާއި އެއީ ދިރިއުޅުއްވާ ގެ ބަލައި ފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ދަންނަވަން ކަމަށް އަމީން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.
ޔުމްނު ވެއްޓުނީތޯ ނުވަތަ ވައްޓާލީތޯ ދެނެގަތުމަށް ދެމީހުން ހަރަކާތްތެރިވާ ސީސީޓިވީ ފުޓޭޖްތައް ބެލިއިރު، އެތަނުގައި އެވަގުތު އެދެ މީހުން ފިޔަވައި އިތުރު މީހަކު ނެތުމުންނާއި، ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބިފައި ނުވާތީ ގަސްތުގައި ރައުދު، ޔުމްނު ވައްޓާލީކަން ނުވަތަ ނޫންކަން ކޮމިޝަނަށް ކަނޑައެޅެން ނެތް ކަމަށް ރިޕޯޓުގައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ހެޔޮ ނިޔަތުގައި ވިޔަސް އަމީން ސީޕީއަށް ގުޅުން ބަލައެއްނުގަނެވޭ: ކޮމިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ