ބަންކަރިންގެ ހިދުމަތް ދިނުން ހުއްޓާނުލާ ކަމަށާއި އެ މަސައްކަތުން އުންމީދީ ރަނގަޅު ނަތީޖާއެއް ލިބެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ މި ސަރުކާރުން ފެށި ބަންކަރިންގެ ޚިދުމަތުން ފައިދާވާ ކަމަށާއި މިހާރު ވެސް ރަނގަޅު އާމްދަނީ އެއް ލިބިފައިވާކަމަށެވެ.
ބަންކަރިންގެ ވިޔަފާރިއަކީ އެތައް ބިލިއަން ޑޮލަރަކަށް އަގު އަރައި ދުނިޔޭގެ ފެންވަރުގެ ވަރަށް ބޮޑު ވިޔަފާރިއެއްކަން ފާހަގަކޮށް ސައީދު ވިދާޅުވީ ރާއްޖެއިން މި ހިދުމަތް ފެށީ، މަޑުމަޑުން މި ހިދުމަތް ތަރައްގީކޮށް 400 މިލިއަނެއްހައި ރުފިޔާގެ ފައިދާ ހޯދަންކަމަށެވެ. ބަންކަރިން ހިދުމަތުން ލިބޭ އާމްދަނީގެ ހިސާބުތައް އެ ހިދުމަތް ދޭ އެސްޓީއޯއިން ލިބެން ހުންނާނެކަން ފާހަގަކޮށް ސައީދު ވިދާޅުވީ މަސައްކަތް ފެށި ނަމަވެސް ކޮންމެ ދުވަހަކު ޖަހާ ކޮންމެ ދުވަހެއްގެ ހިސާބު މީޑިއާއަށް ހިއްސާކުރުން އެއީ ނުވެދާނެ ކަމެއްކަމަށެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ބަނދަރެއް ނެތި މި ޚިދުމަތް ފެށީ، އެއްވެސް އުޒުރެއް ދައްކައިގެން މަސައްކަތް ނުފަށައި ލަސްކުރަން ސަރުކާރުން ބޭނުން ނުވާތީކަމަށެވެ.
ސްކޭމް މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަނީ ސްމާޓް ޑިވައިސްތަކާއި ސީމްލެސް ކަނެކްޓިވިޓީ އާއެކު ސްމާޓާ ހޯމްއެއް ބިނާކުރައްވާ! ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ ސިފައިންގެ ނުގުޑާ އަޒުމުން: ރައީސް ދިހަ އަހަރަށް ފަހު އަނެއްކާވެސ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ