އުފަންވެލި ޝޮޕްތަކުން ލުނބޯ ކިލޯއެއް 25 ރުފިޔާއަށް އަގުކޮށްފި!

އުފަންވެލި ޝޮޕްތަކުން ލުމބޮޔާ، އަލުވި އަދި ބޯންލަސް ޗިކަން ހެޔޮ އަގުގައި ވިއްކާ ޕްރަމޯޝަނެއް ފަށައިފިއެވެ. 
އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފައިވަނީ ސްޓޮކް ހުސްވަންދެން ކުރިއަށް ގެންދާ މިޕްރަމޯޝަނުގައި: 
ލުނބޯ ކިލޯއެއް ވިއްކާނީ އެންމެ 25 ރުފިޔާއަށް ކަމަށާ 8 ކިލޯގެ ކޭހެއް ވިއްކާނީ 170 ރުފިޔާއަށް ކަމަށެވެ. 
ޕާކިސްތާން އަލުވި ކިލޯއެއް ވިއްކާނީ 12 ރުފިޔާއަށް ކަމަށާ 8 ކިލޯގެ ބަސްތާއެއް ވިއްކާނީ 95 ރުފިޔާއަށް ކަމަށެވެ. 
އަދި ބޯންލަސް ޗިކަން ކިލޯއެއް ވިއްކާނީ 97 ރުފިޔާއަށް ކަމަށާ 6 ކިލޯގެ ކޭހެއް ވިއްކާނީ 561 ރުފިޔާއަށް ކަމަށެވެ. 
މީގެ އިތުރުން ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ މަޑިހާ ބާސްމަތީ ހަނޑޫ 5 ކިލޯގެ ބަސްތާއެއް 119 ރުފިޔާއަށް ވިއްކާއިރު 8 ބަސްތާގެ ކޭހެއް ވިއްކަނީ 886 ރުފިޔާއަށެވެ. 
މީގެ އިތުރުންވެސް ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް އުފަންވެލި ޝޮޕްތަކުން ގެންދަނީ ހެޔޮ އަގުގައި ރީޓޭލްކޮށް އަދި ހޯލްސޭލްކޮށްވެސް ވިއްކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ