ހުލާސާކޮށް އިއްޔެ: ފަނޑިޔާރުން ސަސްޕެންޑުކުރީ ނުފޫޒު ފޯރުވަން ކަމަށް ދުނިޔެ ވެސް ގަބޫލުކޮށްފި ހުލާސާކޮށް އިއްޔެ: ފަނޑިޔާރުން ސަސްޕެންޑުކުރީ ނުފޫޒު ފޯރުވަން ކަމަށް ދުނިޔެ ވެސް ގަބޫލުކޮށްފި

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުގެ ގޮތުގައި ތިއްބެވި ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑުކުރީ ނުފޫޒު ފޯރުވަން ކަމަށް ބެލޭ ކަމަށް ބުނެ އދ. އިން ކަންބޮޑުވުން ފާޅުކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އދ. ގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުން ސަސްޕެންޑުކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުން އަދި ކުރެވޭ ކޮންމެ ތަހުގީގަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.
"މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެހެން ގާނޫނުއަސާސީއަށް ގެނައި ބަދަލާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވާ، އެ ކޯޓުގެ ނިންމުން ބަލިކަށިކުރަން ހިންގި އަމަލުތަކެއް ކަމުގައި ބެލެވޭ" އދ. ގެ މިނިވަން ފަނޑިޔާރުންނާއި ވަކީލުންނަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު، މާގަރެޓް ސެޓާވެއިޓް ވިދާޅުވެފައިވެ އެވެ.
ތިން ފަނޑިޔާރުންނާ ދެކޮޅަށް ފަށާފައިވާ ތަހުގީގުތަކާއި ބަލަމުންދާ ސުލޫކީ މައްސަލަތަކަކީ، ފަނޑިޔާރުން މަގާމުން ވަކިކުރަން އޮންނަ އުސޫލުތަކާއި ހިލާފަށް ހިންގެ ތަހުގީގުތަކެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ. މިއީ މިނިވަން ފަނޑިޔާރުގެއަށް ފޯރުވޭ ނުފޫޒެއްގެ ގޮތުގައިވެސް އޭނާ ސިފަކުރައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ