ރަސްމީ ދަތުރެއްގައި ރައީސް މުއިއްޒު މިއަދު މެލޭޝިޔާއަށް ފުރާވަޑައިގެންފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެލޭޝިއާ އަށް ފުރާވަޑައިގެންފި އެވެ.އީސް މެލޭޝިޔާއަށް ވަޑައިގަތީ މިއަދު ހެނދުނު 10:00 ޖެހިއިރު ފުރި މޯލްޑިވިއަންގެ މަތިންދާބޯޓެއްގަ އެވެ. އެމަނިކުފާނާއެކު ސަރުކާރުގެ އިސް ވަފުދެއް ވެސް ފުރާވަޑައިގެންވި އެވެ.ރައީސްގެ ދަތުރުގައި މެލޭޝިޔާގެ ބޮޑުވަޒީރާއެކު ރަސްމީ މަޝްވަރާތަކެއް ކުރިއަށްގެންދާނެ އެވެ. އަދި ދެ ގައުމުގެ މެދުގައި އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާނެ އެވެ."މި ބައްދަލުވުމުގައި، އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމުގެ މައްޗަށް މަޝްވަރާ ކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާމެދު ހިޔާލު ބަދަލުކުރައްވައި، ދެ ގައުމުގެ ބައިވެރިވުން އިތުރު ކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމާމެދު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވޭ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.އޭގެ އިތުރުން، މެލޭޝިޔާގައި ބާއްވާ ވިޔަފާރީގެ ފޯރަމެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިޔާއަށް ވަޑައިގެން އެ ތަނުގައި ރައީސް ތަގުރީރެއް ދެއްވާނެ އެވެ.ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި މަލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އޮޅުންފިލުއްވައި، ދަތިވާ ކަންކަން ދެނެގަތުމަށް ހާއްސަ ބައްދަލުކުރެއްވުމެއް ވެސް ބާއްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ