ކަޝްމީރުގައި އިންޑިއާ ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަންތައް ވަރުގަދަކޮށްފި

ކަޝްމީރުގައި އިންޑިއާ ސިފައިން ހިންގަމުން އަންނަ އޮޕަރޭޝަންތައް ވަރުގަދަކޮށްފައިވާކަމަށް މީޑިއާތަކުން ބުނަން ފަށައިފިއެވެ.
ކަޝްމީރުގެ އިންޑިއާގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި ކުރިއަށްގެންދާ އޮޕަރޭޝަންތައް ސިފައިން ވަރުގަދަކޮށްފައިމިވަނީ، މިފަހުން ކަޝްމީރުގެ ބަހަލްގަމްގައި ދިން ނުރައްކާތެރި ހަމަލާތަކަށްފަހުގައެވެ. އަލް ޖަޒީރާއިން ވަނީ އިންޑިއާ ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި މިއަދުވެސް ގިނަ ގެތަކެއް ބިމާހަމަކޮށްލާފައިވާކަމަށް ބުނެފައެވެ. ނަމަވެސް އިންޑިއާ ސިފައިން ހަމަލާތައްދީ ބިމާހަމަކޮށްލާފައިވަނީ ހަނގުރާމަވެރި ޖަމާއަތްތަކަށް ނިސްބަތްވާ މީހުންގެ ގެތަށްކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާގެ ސިފައިން ބުނީ އެޤައުމުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ޤައިދީންގެ 63 ގެ ރެއިޑުކޮށްފައިވާ އެޤައުމުގެ ފުލުހުން
ބުނެއެވެ. ކަޝްމީރުގައި ހިންގަމުންދާ ހަމަލާތަކާ ގުޅިގެން މިހާތަނަށް 1500 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
Advertisement
އިންޑިއާ ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަނާ ގުޅޭގޮތުން ކަޝްމީރުގެ ހަނގުރާމަވެރިންގެ ފަރާތުން ބުނެފައިވަނީ، އެޖަމާއަތަށް ނިސްބަތްވާ މީހުންގެ ގެތަކައްކަމަށްބުނެ، ރައްޔިތުންގެ ގެތައްވެސް ހަލާކުކުރަމުންދާކަމަށެވެ. އިންޑިއާ ސިފައިން ވަނީ ހަމަލާ ދިން ސަރަހައްދު ކަމަށްވާ އަނަންތްނާގް
ޑިސްޓްރިކްޓުން 175 މީހުން ހައްޔަރުކޮށްފައެވެ.
ކަޝްމީރުގައި ދިން ހަމަލާއާ
ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ހަމަނުޖެހުންތައް ވަނީ އިތުރުވެފައިވެއެވެ.
އިންޑިއާއިން ވަނީ އިންޑަސް ވޯޓާސް ޓްރީޓީ ހުއްޓާލުމާއި، ޕާކިސްތާނީ ޑިޕްލޮމެޓުން ބޭރުކުރުމާއި،
ޕާކިސްތާނު މީހުންނަށް ދޫކުރާ ވިސާ ހުއްޓާލުމާއި، މީޑިއާގެ މައްޗަށް ކޮންޓްރޯލް އިތުރުކުރުން
ފަދަ ފިޔަވަޅުތަކެއް އަޅާފައެވެ.
ޕާކިސްތާނުން
ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ. އޭގެ ފަހުން އެ ގައުމުންވެސް ފިޔަވަޅުތަކެއް
އަޅާފައި ވެއެވެ. އޭގެ ތެރޭގައި އިންޑިއާގެ ޑިޕްލޮމެޓުން ބޭރުކުރުމާއި، އިންޑިއާގެ
މީހުންނަށް ދޫކުރާ ވިސާ ހުއްޓާލުމާއި، އެއަރސްޕޭސް ބަންދުކުރުމާއި، އިންޑިއާއާއެކު
ކުރާ ވިޔަފާރި ހުއްޓާލުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.
މިދިޔަ އަންގާރަދުވަހު ފަތުރުވެރިންގެ ބަޔަކަށް އަމާޒުކޮށްދިން އެ ހަމަލާތަކުގައި 26 މީހަކު މަރާލާފައިވާއިރު 40 ހަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ. މިއީ މި ފަހަކަށްއައިސް ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލްކުރާ ސަރަހައްދުގައި ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ