ސުޕްރީމް ކޯޓްގެ ގަހުން އަނބު ބިނުމުން ބަންދަށް

ސުޕްރީމް ކޯޓް ހިންގާ އިމާރާތުގެ ގޯތިތެރޭގައި ހުންނަ އަނބުގަހުން ރޭ ވަގަށް އަނބު ބިން މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
އެ ގަހުން ވަގަށް އަނބު ބިނީ ރޭ ދަންވަރު ވަގުތެއްގަ އެވެ. ސުޕްރީމް ކޯޓްގެ ގަހުން ވަގަށް މީހަކު އަނބު ބިން އިރު، އެތަނަކީ ސިފައިން 24 ގަޑިއިރު ފޯރިއަށް ތިބޭ ތަނެކެވެ. ވަގަށް އަނބު ބިން މީހާ އެކަން ކޮށްފައި ވަނީ ދަންވަރު 12:00 އެކާހަށްހާ އިރު އެވެ. އަދި 60 އަށް ވުރެ ގިނަ އަނބު ވަގަށް ބިނދެފައިވެ އެވެ.
އޭނަގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖެހީ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.
ސުޕްރީމް ކޯޓް ހިންގާ އިމާރާތަކީ ރާއްޖޭގެ ކުރީގެ ރިޔާސީ ގަނޑުވަރެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދިގު ވެރިކަމުގައި އެ އާއިލާ ދިރިއުޅުއްވީ އެ ތަނުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ