ކަރެކްޝަންސްއަށް ބޭނުންވާ މައުލޫމާތު ޑީއެންއާރްއިން ކަށަވަރުކޮށްދެނީ

ޑީއެންއާރުން މަޢުލޫމާތު ދިންގޮތުގައި، މި އެއްބަސްވުމުގެ އެންމެ ބޮޑު ބޭނުމަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ މަޢުލޫމާތުތަކުގެ ސައްޙަކަން އިތުރަށް ކަށަވަރުކޮށް، އެ މަރުޙަލާ މިހާރަށްވުރެ އަވަސް އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.
މި އެއްބަސްވުމުގެ ދަށުން، ޤައިދީންނަށް ޒިޔާރަތްކުރާ މީހުންނަކީ އެއީ ކޮންބައެއްކަން ދެނެގަތުމާއި، އެއީ އާއިލާގެ މެންބަރުންކަން ކަށަވަރުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން، ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އެންމެ ފަހުގެ އަދި އެންމެ ފުރިހަމަ މަޢުލޫމާތު ސައްޙަކަމާއެކު ބެލެހެއްޓުމަށްވެސް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ޑީއެންއާރުން ބުނެއެވެ.
ކަރެކްޝަނަލް ސަރވިސްއިން ބުނީ، މި އެއްބަސްވުމުގެ ސަބަބުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންގެ މަޢުލޫމާތުތަކާއި އެފަރާތްތަކުގެ ޢާއިލާތަކުގެ މަޢުލޫމާތުތައް ފަސޭހައިން ކަށަވަރުކުރެވޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ