ސްކޫލް ބަންދާ ދިމާކޮށް 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް ފުރައިފި

އަހަރުގެ ސްކޫލް ބަންދާ ދިމާކޮށް އުމްރާގެ އަޅުކަން އަދާކުރުމަށް 4،000 އަށްވުރެ ގިނަ ދިވެހިން ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯވްމަންޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި ދުވަސްވަރު ތަފާތު ގްރޫޕުތަކާއެކު އުމްރާއަށް ގޮސްފައިވާ ދިވެހިންގެ އަދަދު 4،000 އަށްވުރެ އިތުރު ކަމަށާއި، ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. މިއީ ސްކޫލް ފުރަތަމަ ޓާމްގެ ޗުއްޓީއާ ދިމާކޮށް ފުރާފައިވާ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ