ހާޑިކާ އެންގޭޖްނުވާ ކަމަށް މަހީކާ ބުނެފި
އިންޑިއާގެ ކްރިކެޓް ޓީމްގެ ކުޅަދާނަ ކުޅުންތެރިޔާ ހާޑިކް ޕާންޑޭއާ އެންގޭޖްނުވާ ކަމަށް ހާޑިކްގެ ލޯބިވެރިޔާ މަހީކާ ޝަރުމާ ބުނެފިއެވެ. ހާޑިކާއި މަހީކާ އެންޖޭޖްވެފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވަނީ މި ހަފްތާގެ ކުރީކޮޅު ދެ މީހުން އެކީގައި ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ފޮޓޯތަކަކާ ގުޅިގެންނެވެ. މި ފޮޓޯތަކުން ދެ މީހުން ވެސް ޚާއްސަ އަޅުކަމަކާ ގުޅުންހުރި ހަރަކާތެއްގައި ބައިވެރިވާ މަންޒަރު ފެންނައިރު މަހީކާގެ އަތުގައި އަޅާފައިވާ ޖަވާހިރު އަނގޮޓި ވެސް ވަނީ ދައްކާލާފައެވެ. މި ފޮޓޯތައް އާންމުކުރުމާ އެކު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއްވެފައިވާ ހާޑިކާއި މަހީކާ އެންގޭޖްވެއްޖެކަމުގެ ޚަބަރުތައް މީޑިއާގައި ތިލަވާންފެށިއެވެ. ހާޑިކް ކުރީގެ އަންހެނުން ނަތާޝާ އަދި ދެ މީހުންގެ ދަރިފުޅާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ ނަމަވެސް، އެ ޚަބަރުތަކަށް ރައްދު ދެމުން މިދިޔަ ހުކުރު ދުވަހު މަހީކާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާއަށް ނޭނގި ހާޑިކާ އެކު އެންގޭޖްވެވިއްޖެ ކަމަށެވެ. އިންޑިއާގެ މީޑިއާތަކަށް ވަރަށް ބޮޑަށް އަމާޒުވި މި ޕޯސްޓުގައި މަހީކާ ބުނެފައިވަނީ އަމިއްލަ އުފަލަށްޓަކައި އަމިއްލަ ޚަރަދުގައި ގަންނަ ގަހާނާއަކުން މީހަކާ އެންގޭޖްވެވިއްޖެ ކަމަށް ބަޔަކު މީހުން ދެކޭނަމަ އެކަން އެގޮތަށްވެ ނިމިފައިވާ ކަމަށެވެ. އިންޑިއަން އިންޓަނޭޝަނަލް ކުޅުންތެރިޔާ ހާޑިކް އެންމެ ފުރަތަމަ ކައިވެނިކޮށްފައިވަނީ ސާބިއަން ނެށުންތެރިޔާ އަދި މޮޑެލް ނަތާޝާ ސްޓެންކޮވިކްއާއެވެ. ދެ މީހުންގެ ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މާ ގިނަ ދުވަހެއް ނުވެ، 2020 ވަނަ އަހަރެވެ. ދެ މީހުންގެ ހަތަރު އަހަރުވީ ކައިވެނި ރޫޅާލިއިރު އެ ކައިވެންޏަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ