ޑިޖިޓަލް ޕޭމަންޓްތައް ރައްކާތެރިކުރުމަށް އުރީދޫ އިން އީޒަޕްއާއެކު ޕާޓްނާޝިޕް ހަދައިފި

އުރީދޫ ފިންޓެކް މޯލްޑިވްސް އިން 'އީޒްއެޕް'އާއެކު އައު ޕާޓްނަޝިޕެއް ގާއިމުކުރިކަން އިއުލާނު ކޮށްފިއެވެ. އުރީދޫއިން ބުނީ މި ޕާޓްނަޝިޕްގެ ދަށުން އީޒްއެޕް ބޭނުންކުރާ ފަރާތްތަކަށް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެމްފައިސާ މެދުވެރިކޮށް ރައްކާތެރިކަމާއިއެކު ޑިޖިޓަލް ޕޭމަންޓްތައް ކުރެވޭނެ ކަމަށެވެ. އެމް-ފައިސާއަކީ ރާއްޖޭގައި އެންމެ އިތުބާރުކުރެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންތަކުގެ ތެރޭގައި ހިމެނޭ ޑިޖިޓަލް ވޮލެޓެކެވެ. އީޒްއެޕްގެ އިންޓެގްރޭޝަންއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އުރީދޫއިން ބުންޏެވެ. މި ޕާޓްނަޝިޕާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީސީއޯ ހުސައިން ނިޔާޒް ވިދާޅުވީ، އުރީދޫގެ ތަސައްވުރަކީ ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ކަމަށެވެ. މި އެއްބަސްވުމަކީ އީޖާދީ އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް ސްމާޓް، ކަނެކްޓެޑް ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އެ ކުންފުނިން ކުރާމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ. މި ޕާޓްނަޝިޕާ ބެހޭގޮތުން އީޒަޕްގެ ސީއީއޯ އަދި ސީއެފްއޯ ޢަބްދުالله މިއުވާން ޝަރީފް ވިދާޅުވި ގޮތުގައި ކަސްޓަމަރުންގެ އާންމު ދިރިއުޅުން ފަސޭހަކޮށްދިނުމަށް އެކުންފުނިން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ. އެމް-ފައިސާ އިންޓެގްރޭޓް ކުރުމާއެކު ފަސޭހަ، ރައްކާތެރި އަދި ހަރުދަނާ ޕޭމަންޓް އޮޕްޝަނެއް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ރާއްޖެ ކޭޝްލެސް މުސްތަގުބަލަކަށް ވާސިލުވެ، ޔުނިވާސަލް ޑިޖިޓަލް އެކްސެސް އިތުރުކުރުމުގެ އިތުރުން ފައިނޭންޝިއަލީ އިންކްލޫސިވް ގައުމަކަށް ވުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ. އަދި އެމްފައިސާގެ މުއާމަލާތްތަކަކީ ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ މުއާމަލާތެއްކަން ކަށަވަރު ކުރެވޭނެ ކަމަށްވެސް އުރީދޫއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ