ފައިސަލްގެ މައްޗަށް މަނީ ލޯންޑްރިން އާއި ކޮރަޕްޝަންގެ ތުހުމަތު؛ މައްސަލަ ބަލަނީ

ހައި ކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލްއަށް ކުރެވޭ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ބަލަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.
ވީ ކިހިނެއް؟ - ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ސަބަބެއް ފައިސަލް ހާމައެއް ނުކުރައްވަ އެވެ. އެކަމަކު އޭނާގެ ސްލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވެސް މިހާރު ދަނީ ބަލަމުންނެވެ.
ބުނީ ކީކޭ؟ - އޭސީސީން މިރޭ ބުނި ގޮތުގައި:
އެ ތަނަށް މައްސަލަ ހުށަހެޅީ ފުލުހުންގެ ފަރާތުން
ފަނޑިޔާރުގެ މައްޗަށް ތުހުމަތު ކުރެވެނީ ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ މައްސަލައެއް
އެ މައްސަލަތައް މިހާރު ދަނީ ބަލަމުން
އެނގުން މުހިއްމު - ސަރުކާރުގެ ކޮންޓްރޯލު އޮތް ޖޭއެސްސީން ހައި ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.
އޭގެ ތެރޭގައި، ޖޭއެސްސީގެ ނައިބު ރައީސްކަމުން މިފަހުން އިސްތިއުފާ ދެއްވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ހިމެނެ އެވެ. ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ދުވަސްވީ ފަނޑިޔާރު ނިޔާޒް މިހާރު ވަނީ ރިޓަޔާކުރައްވަން ހުށަހަޅުއްވާފަ އެވެ.
ދެން ސުލޫކީ މައްސަލަ ބަލަމުންދާ ފަނޑިޔާރުންނަކީ:
ފާތިމަތު ފަރްހީޒާ 
ހުސައިން މަޒީދު 
ދީބާނާޒު ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ