ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވީ ފަނޑިޔާރު މުހައްމަދު ފައިސަލްއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
ހައި ކޯޓުން ފައިސަލް އިސްތިއުފާ ދެއްވި ކަމަށް ބުނި ނަމަވެސް ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ. ފައިސަލް އިސްތިއުފާ ދެއްވިއިރު، އޭނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުންނެވެ. ހަަމއެއާއެކު އޭނާއަށް ގުލޭ މައްސަލައެއް ފުުހުން ވެސް ބަލަމުން އަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭސީސީން ބުނީ، ފަނޑިޔާރަކަށް ތުހުމަތުވާ މަނީ ލޯންޑްރިން އަދި ކޮރަޕްޝަންގެ މައްސަލައެއް އެ ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އެ މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް އޭސީސީން ހާމައެއް ނުކުރެއެވެ.
ޖޭއެސްސީން ވަނީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމު ފުރުއްވަމުން ގެންދެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމުން އެމަގާމަށް ފައިސަލް އައްޔަން ކުރަން ނިންމަވާފައިވާ ކަން މިދިޔަ އޭޕްރީލް މަހު ހާމަކުރައްވާފައެވެ. ނަމަވެސް އެ ނިންމުމަށް އެެތައް މަހެއް ވީ އިރު ވެސް ރަސްމީކޮށް މަގާމު ހަވާލުކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ރަސްމީކޮށް އެ މަގާމު ހަވާލު ނުކޮށް މަޑު ޖައްސާލާފައި ވަނީ އޭނާއާ ގުޅޭ މައްސަލައެއް ޖޭއެސްސީން ބަލަމުންދާތީއެވެ.
ފައިސަލް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ޖުލައި 24، 2018 ގައެވެ. ފައިސަލް ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަގާމު ވެސް މީގެ ކުރިން އަދާކުރައްވައިފަ އެވެ.
ފައިސަލްއަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލައެއް އޭސީސީން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ