އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ މަޝްހޫރު ބިނާ، ރެޑް ފޯޓު ސަރަހައްދުގައި ހުންނަ މެޓްރޯ ސްޓޭޝަނު ކައިރިން އެއްޗެއް ގޮވައިގެން ބަޔަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރަމުން އަންނަ ގޮތުގައި މިހާތަނަށް ގޮވަން މެދުވެރިވީ ސަބަބެއް ދެނެގަނެވިފައި ނުވެ އެވެ. ދިއްލީގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ވަނީ ގޮވި ސަބަބު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާގައި މިހާތަނަށް އަށް މީހަކު މަރުވެފައިވާ ކަމަށް ވެސް މީޑީއާ ރިޕޯޓުތަކުގައި ވެ އެވެ. ނަމަވެސް މިއީ އަދި ބްރޭކިން ހަބަރަކަށް ވާތީ އެ އަދަދުތަކުގައި ތަފާތުތަކެއް ހުރުން އެކަށީގެން ވެ އެވެ.
ގޮވުމުގެ ހާދިސާއާ ގުޅިގެން މުޅި ސިޓީ އެލާޓަށް އައިސްފައިވާއިރު، ޓެރަރިޒަމްގެ ކަމެއް އުޅަދާނެތީ އަވައްޓެރި ސްޓޭޓުތަކާއި މުމްބާއީ ފަދަ ތަންތަމުގެ އެލާޓު ލެވަލް ވަނީ މަތިކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެއް ވީޑިއޯއިން ފެންނަ ގޮތުގައި ގޮވި ސަރަހައްދުގައި ހުރި ރިކްޝޯތަކަކާއި ކާރުތަކެއްގައި ރޯވެ، އަނދަމުންދާ މަންޒަރު ފެނެ އެވެ. ބައެއް މީޑިއާތަކުން ބުނަނީ ފުރަތަމަ ގޮވީ ކާރެއް ކަމަށެވެ. ނަމަވެސް ފުލުހުން މިކަމެއް ކަށަވަރެއް ނުކޮށްދެ އެވެ.
ދިއްލީގެ ރެޑް ފޯޓު ކައިރީ އެއްޗެއް ގޮވާ، އަށް މީހަކު މަރުވެއްޖެ ދިއްލީގެ ރެޑް ފޯޓު ކައިރީ އެއްޗެއް ގޮވާ، އަށް މީހަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ