ދިރާގުގެ ތިން ވަނަ ޑޭޓާ ސެންޓަރު ނ. ވެލިދޫގައި ހުޅުވައިފި
ދިރާގުން އެ ކުންފުނީގެ ތިން ވަނަ ޑޭޓާ ސެންޓަރު، ނ. ވެލިދޫގައި ހުޅުވައިފި އެވެ.ވެލިދޫގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ޑޭޓާ ސެންޓަރު ހުޅުވައިދެއްވީ، ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު އާއި ނ. ވެލިދޫ ކައުންސިލުގެ ރައީސް އާތިފް ހުސައިން އެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، ޓެކްނޮލޮޖީގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގައި އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުން ހާސިލުވި މުހިންމު ލަނޑުދަނޑިއެއް ކަމަށް ދިރާގުން ބުންޏެވެ.މި ޓިއަރ-3 ރެޑީ ޑޭޓާ ސެންޓަރަކީ ދުނިޔޭގެ ފެންވަރުގައި އިތުބާރު ހިފޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާއިމްކޮށްފައިވާ ސެންޓަރެކެވެ. މި ޑޭޓާ ސެންޓަރުގެ އެހީގައި، މި ސަރަހައްދަށް ނިސްބަތްވާ ރިސޯޓުތަކާއި ކުންފުނިތަކަށް ހިދުމަތްފޯރުކޮށްދޭ ތަންތަނާއި ގާތުގައި ޑޭޓާ ރައްކާތެރިކުރުމުގެ މަގު ވަނީ ފަހިވެފަ އެވެ.މީގެ އިތުރުން، ކްލައުޑް ބޭސްޑް ހިދުމަތްތަކާއި، އެކިއެކި އެޕްލިކޭޝަންތައް ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތައް ލިބި، ދެމެހެއްޓިނިވި ގޮތެއްގައި ވިޔަފާރި ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބޭނެ އެވެ.ދިރާގުން ވަނީ މި އަހަރުގެ ކުރީކޮޅު ރާއްޖޭގެ އެންމެ ފުރަތަމަ ޓިއަރ-4 ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓާ ސެންޓަރު ކަމުގައިވާ ދިރާގު ހުޅުމާލެ ޑޭޓަރ ސެންޓަރު ހުޅުވައިފައެވެ. މިއީ، އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓަރު ރިލައިބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަޑެވެ.ދިރާގުން ދަނީ ދަނީ ދެމެހެއްޓެނިވި ތަރައްގީއަށާއި ރަށްރަށުގެ ކުރިއެރުމަށް ޓެކްނޮލޮޖީގެ އެހީގައި އިތުރު މަގުތައް ފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ