ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް; އެކަކު މަރުވެއްޖެ

މިރޭ ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އަނިޔާވި އެކަކު މަރުވެއްޖެ އެވެ.
އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް ދޭއް, ނިކަގަސްމަގުގައި ދެ ސައިކަލު ޖެހި އެވެ. އެކްސިޑެންޓްގައި ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ.
ފުލުހުން ދެންމެ ބުނީ އެކްސިޑެންޓްގައި އަނިޔާވި އެކަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ. އަނެއް ދެ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ