ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓްގައި މަރުވީ 19 އަހަރުގެ ދިވެއްސެއް

ދެ ސައިކަލު ޖެހި މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވީ 19 އަހަރުގެ ދިވެއްސެއް ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މި އެކްސިޑެންޓު ހިނގީ ނިކަގަސްމަގުގައި ދެ ސައިކަލު ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާއިރު، މަރުވެފައި ވަނީ ލައިޓް ގާޑެން، ކ. ދިއްފުށި، އިސްމާއީލް ރަޔާން ބިން ނާޒިމް، 19އ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ. އެ ހާދިސާގައި އަނިޔާވި އަނެއް ދެ މީހުންނަކީ ފިރިހެނުން ކަމަށާއި އެ މީހުންގެ ހާލު ސްޓޭބަލް ކަމަށް އެނގިފައިވެއެވެ. މި އެކްސިޑެންޓާ ގުޅިގެން ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ދެ ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ