ޗައިނާއިން ފެންހިންދާ ޕަމްޕުތަކެއް ހަދިޔާކޮށްފި

ޗައިނާގެ ކުންފުންޏަކުން ރާއްޖެ އަށް ފެން ހިންދާ ޕަމްޕުތަކެއް ހަދިޔާކޮށްފި އެވެ.މިކަމާ ގުޅޭ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއެވެ.ސަރުކާރުން ބުނީ މި އެހީގެ ސަބަބުން ކާރީސާގެ ވަގުތުތަކުގައި ފެންބޮޑުވުމުގެ ހާދިސާތަކުގައި ދިމާވާ ދަތިތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.ޕަމްޕްތައް ސީއެމްއީސީގެ ފަރާތުން ހަވާލުކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ލިއު ޝިޔައޮޑާ އެވެ. ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރެވެ.މި ޕަމްޕުތައް ބޭނުން ކުރަން ހަމަޖެހިފައި ވަނީ މާލެ ސަރަހައްދުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށް ސަރުކާރުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ