ފުލުހުންގެ އޮޕަރޭޝަންތަކުގެ ތައްޔާރީ ހާލަތު ދެނެގަންނަން މިއަދު ހަ ގަޑިއިރުގެ ހަރަކާތެއް، ހުޅުމާލެ ފޭސް 3 ގައި ހިންގަން ހަމަޖެހިފައިވާކަމަށް ބުނެފި އެވެ.
ތަފްސީލް - ފުލުހުން ބުުނި ގޮތުގައި މި އެކްސަސައިޒަކީ:
ފުލުހުންގެ އޮޕަރޭޝަނަލް ރެޑިނެސް ބެލުމުގެ ގޮތުން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއްގެ ފައިނަލް އެކްސަސައިޒް
މި އެކްސަސައިޒް ކުރިއަށްދާނީ މިއަދު މެންދުރުފަހު 1:00 އިން އިރުއޮއްސި 6:00އަށް ހުޅުމާލެ ފޭސް ތިނެއްގައި
ފާހަގަކޮށްލެވޭ ކަމެއް - ފުލުހުންގެ ތައްޔާރީ ހާލަތު ދެނެގަތުމުގެ ހަރަކާތެއް ހިންގަނީ ސަރުކާރާ ދެކޮޅު މަގުމަތީ ހަރަކާތްތަކެއް ގިނަވެ، ކުރިއަށް އޮތް ތަނުގައި އެފަދަ ހަރަކާތްތަކެއް ރާވަމުންދާ ދަނޑިވަޅެއްގަ އެވެ. އެ ގޮތުން:
މަޖިލީހަށް ބަލައިގެންފައިވާ މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން ވަނީ ރައީސް އޮފީހާއި މުލިއާގެ ކައިރިއަށް އެއްވެ އަޑުއުފުލާފައި؛ ރައީސް އޮފީސް ކައިރިއަށް އެއްވި ހަތަރު ނޫސްވެރިއަކު ހައްޔަރުކޮށް ބައިގަޑިއިރު ވެސް ނުވަނީސް ދޫކޮށްލި
ނޫސްވެރިން މިރޭ އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވެ ފޯރަމެއް ބާއްވަން ވެސް ހަމަޖެހިފައިވޭ؛ މި ފޯރަމް ބާއްވަނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން
މިދިޔަ ހޯމަދުވަހު ފިނޭންސް މިނިސްޓްރީ ކުރިމައްޗަށް އެއްވެ އެމްޑީޕީގެ މަޖިލިސް މެންބަރުން ފިނޭންސް މިނިސްޓްރީއަށް ވަންނަން ފުރުސަތު ނުދޭން އުޅުމުން ވަރަށް ބޮޑަށް ހޫނުވި. މެންބަރުންނަށް ފަހުން ފުރުސަތު ދިން
އެމްޑީޕީން ދަނީ އަންނަ 3 އޮކްޓޯބަރުގައި ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން
ފުލުހުންގެ ތައްޔާރީ ހާލަތު ދެނެގަންނަން މިއަދު ހުޅުމާލެ ފޭސް 3 ގައި ހަރަކާތެއް ހިންގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ