މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިޔާ އެންޑް ރެގިއުލޭޝަން ބިލުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނަށް ހިއްސާކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ބާއްވާ ޚާއްސަ ފޯރަމެއް އޮންނާނެއެވެ.
މާލޭގެ އާޓިފިޝަލް ބީޗުގައި މިރޭ 08:45 ގައި ފަށާ މި ފޯރަމަށް އެމްޖޭއޭއިން ދީފައިވާ ނަމަކީ "ހިޔާލާއި ފިކުރު ކަފުނަށް" މިއެވެ. އެމްޖޭއޭއިން ފާހަގަކުރާ ގޮތުގައި މި ފޯރަމުގައި "ހިޔާލާއި ފިކުރު ކަފުން ކުރުމަށް" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނަށް ކިޔައިދީ އުފެދޭ ސުވާލުތަކަށް ވެސް ޖަވާބު ދިނުން އޮންނާނެއެވެ.
އަދި އެ ބިލުން ރައްޔިތުންނަށް ކުރާ އަސަރުތައް ވެސް ފޯރަމުގެ ތެރެއިން ކިޔައިދޭނެ ކަމަށް ވެސް އެމްޖޭއޭއިން މައުލޫމާތު ދީފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ޙަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑީޔާގެ ރެގިއުލޭޓަރީ ބިލާ ދެކޮޅަށް ވަރަށް ގިނަ ނޫސްވެރިން ވަނީ ޚިޔާލު ފާޅުކޮށްފައެވެ. އެގޮތުން ނޫސްވެރިންގެ ޚިޔާލު ހޯދުމަށް އެ ކޮމެޓީން މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ކޮމެޓީގެ ޖަލްސާގައި ވެސް ހުރިހާ ނޫސްވެރިން ވަނީ އެ ބިލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
އަދި އެ ބިލު ބޭރުކުރުމަށް ގޮވާލައި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު، ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ވަނީ މަޖިލީހަށާއި ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.
މީޑިޔާ ބިލުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ނޫސްވެރިންގެ ޚާއްސަ ފޯރަމެއް މިރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ