ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން ނުކުމެ ކުރި ބޮޑު މުޒާހަރާތަކާ ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރު އިސްތިއުފާ ދިނުމާ ގުޅިގެން އެ މަގާމަށް ވަގުތީ ބޭފުޅަކު ހޮވައި މާޗު މަހުގެ ތެރޭގައި އިންތިހާބު ބާއްވަން ތާވަލުކޮށްފި އެވެ.
ނޭޕާލްގެ ރައީސް ރާމްޗަންދުރަ ޕުޑެލް ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވާފަ އެވެ. ވަގުތީ ބޮޑުވަޒީރުގެ މަގާމާ ހަވާލުވީ އެ ގައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާކީ އެވެ.
ނޭޕާލްގެ ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ގާނޫނު ހަދާ މަޖިލީިހުގެ އިންތިހާބު ބާއްވައި އާ ބޮޑުވަޒީރެއް މާޗު ފަހެއްގައި އިންތިހާބު ކުރާނެ އެވެ.
ވަގުތީ ބޮޑުވަޒީރުގެ މަގާމަށް ސުޝިލާ ހަމަޖެއްސީ ރައީސް ޕުޑެލް އާއި އަސްކަރިއްޔާގެ އިސްވެރިޔާ އަޝޮކް ރާޖު އަދި މުޒާހަރާތައް ލީޑުކުރި ޒުވާނުންނާ ދެމެދު ދެ ދުވަހު ކުރި މަޝްވާރާއަށް ފަހު އެވެ.
ނޭޕާލްގެ ސަރުކާރަކާ ދެކޮޅަށް ކުރި އެންމެ ބޮޑު މުޒާހަރާތަކުގައި 51 މީހުން މަރުވެ 1300 އަށްވުރެ ގިނަ މީހުންނަށް އަނިޔާ ލިބުނެވެ.
މުޒާހަރާތައް ފެށުނީ ސޯޝަލް މީޑިއާ ބޭން ކުރުމަށް ސަރުކާރުން ނިންމުމުންނެވެ. އެ ނިންމުން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ. ނަމަވެސް، މުޒާހަރާތައް މަޑުޖެހުނީ ކުރީގެ ބޮޑުވަޒީރު ކޭޕީ އޮލި ޝަރުމާ އިސްތިއުފާ ދިނުމުންނެވެ.
ނޭޕާލަށް ވަގުތީ ބޮޑުވަޒީރެއް، މާޗު މަހު އިންތިހާބު ބާއްވަން ނިންމައިފި ނޭޕާލަށް ވަގުތީ ބޮޑުވަޒީރެއް، މާޗު މަހު އިންތިހާބު ބާއްވަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ