ފުލުހުންގެ އިހުމާލުން ތިލަފުށި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޑްރައިވަރު ދޫކޮށްލަން ޖެހިއްޖެ

ތިލަފުށީގައި މިދިޔަ ބްރާސްފަތި ލޮރީއެއް ދަށުގެ ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން  ހައްޔަރުކުރި ޑްރައިވަރު ފުލުހުންގެ އިހުމާލުން ދޫކޮށްލަން ޖެހިއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބްރާސްފަތިދުވަހުގެ 14:15 ހާއިރުއެވެ. ލޮރީ ދަށުވެގެން ސީރިއަސް އަނިޔާތަކެއް ލިބުނީ ލަންކާގެ ރައްޔިތަކަށެވެ. ފުލުހުން ބުނެފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ހައިމާކެއް ކައިރީ އޭނާ މަސައްކަތްކުރަނިކޮށް ދިޔަ ލޮރީއަކުން އޭނާގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ. ލޮރީ ގައި ޖެހި އޭނާ ބިންމައްޗަށް ވެއްޓުނުވަގުތު ލޮރީ ގޮސްފައިވަނީ އޭނާގެ ގައިމަތިންނެވެ.ތިލަފުށި
މި ހާދިސާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ރައްޔިތެއްކަމަށްވާ އުމުރުން 28 އަހަރުގެ ވިގްނޭޝް އަންނަޑުރާއީ ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން އޭނާގެ މައްޗަށް ވަނީ ލޮރީން ޖެހި އެމީހާ ވެއްޓި އަނިޔާވުމުންވެސް މަޑުނުކޮށް އެސަރަހައްދު ދޫކޮށް ފިލިކަމުގެ ތުހުމަތެވެ.
މި މައްސަލާގައި ކޯޓުން ނިންމީ އިންޑިއާ ޑްރައިވަރު ދޫކޮށްލުމަށެވެ. އެއީ އޭނާ ހައްޔަރުކޮށް މައްސަލަ ކުރިއަށްގެންދަން ބޭނުންވާ ހެކި ހުށަހަޅާފައި ނުވާތީއެވެ. 
އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު އަނިޔާވި މީހާ މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ