އިނގިރޭސިވިލާތުގެ ޗާޓާޑް މެނޭޖްމެންޓް އިންސްޓިޓިއުޓްގެ އިންޓަނޭޝަނަލް އެޕްރޫވްޑް ސެންޓަރެއްގެ ގޮތުގައި އެވިޑް ކޮލެޖް ކަނޑައަޅައިފި

އިނގިރޭސިވިލާތުގެ ޗާޓާޑް މެނޭޖްމެންޓް އިންސްޓިޓިއުޓްގެ އިންޓަނޭޝަނަލް އެޕްރޫވްޑް ސެންޓަރެއްގެ ގޮތުގައި އެވިޑްކޮލެޖް ހަމަޖެހިއްޖެއެވެ. އެވިޑް ކޮލެޖުން ބުނީ އެ ކޮލެޖާއި ޗާޓާޑް މެނޭޖްމެންޓް އިންސްޓިޓިއުޓާ ދެމެދު ވި އެއްބަސްވުމުގެ ދަށުން، އެވިޑް ކޮލެޖަށް އެ ފަރާތުން ޗާޓާޑް މެނޭޖްމެންޓް އިންސްޓިޓިއުޓްގެ އިންޓަނޭޝަނަލް އެޕްރޫވްޑް ސެންޓަރެއްގެ ދަރަޖަ ދީފައިވާ ކަމަށެވެ. މި ހުއްދައިގެ ދަށުން އެވިޑް ކޮލެޖުން މިހާރު ވެސް ހިންގާ ޕޮރޮގްރާމްތަކުގެ ތެރެއިން 11 ޕްރޮގްރާމަކަށް ވަނީ ޑުއަލް އެކްރެޑިޓޭޝަނަށް ހުއްދަ ދީފައެވެ. މި ޕްރޮގްރާމްތަކުގެ ތެރޭގައި ޑިޕްލޮމާ، ބެޗެލާސް، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ، އަދި މާސްޓާސް ޕްރޮގްރާމްތައް ހިމެނެއެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރަން އެދޭ ދަރިވަރުންނަށް އެ ފުރުސަތު ވެސް ވަނީ އަންނަ ޖެނުއަރީ އިންޓޭކާ އެކު ހުޅުވާލައިފައެވެ. ޗާޓާޑް މެނޭޖްމެންޓް އިންސްޓިޓިއުޓަކީ 1947 އިން ފެށިގެން ޕްރޮގްރާމްތައް ހިންގަމުން އަންނަ އަދި މެނޭޖްމެންޓް ދާއިރާއިން ދުނިޔޭގެ މަޤްބޫލްކަން (ރޯޔަލްޗާޓާ ފޯ މެނޭޖްމެންޓް) ދަރަޖަހޯދާފައިވާ އިންސްޓިޓިއުޓެކެވެ. އެވިޑް ކޮލެޖްގެ އެފިލިއޭޓަޑް ޕާޓްނަރު، ޔުނިވާސިޓީ އޮފް ވެސްޓް ލަންޑަން (UWL-UK) ގެ މާސްޓާ އިން ބިސްނަސް އެޑްމިނިސްޓްރޭޝަން (MBA) ޕްރޮގްރާމް އަކީ ވެސް ޗާޓާޑް މެނޭޖްމެންޓް އިންސްޓިޓިއުޓް އިން އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމެކެވެ. އެ ފަދައިން އެވިޑް ކޮލެޖްގެ 11 ޕްރޮގްރާމަކީ ވެސް ޗާޓާޑް މެނޭޖްމެންޓް އިންސްޓިޓިއުޓް (CMI-UK) އިން އެކްރެޑިޓް ކޮށްފައިވާ ޕްރޮގްރާމް ތަކެކެވެ. މީގެ އިތުރުން ވެސް އެވިޑް ކޮލެޖުން މިހާރު ދަނީ ދުނިޔޭގެ މަޝްހޫރު އެކްރެޑިޓޭޝަން ބޮޑީތަކާ އެކު އެފިލިއޭޓުވަމުންނެވެ. މިހުއްދައިގެ ދަށުން ޕްރޮގްރާމްތައް ފުރިހަމަ ކުރާ ދަރިވަރުންނަށް އެވިޑް ކޮލެޖުގެ އަދި ޗާޓާޑް މެނޭޖްމެންޓް އިންސްޓިޓިއުޓް އެކްރެޑިޓެޑް ސެޓިފިކެޓް ޙާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެވިޑް ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޗާޓާޑް މެނޭޖްމެންޓް އިންސްޓިޓިއުޓް (CMI) ގެ އެހެނިހެން ތައުލީމީ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ވެސް ފަހިވެގެން ދާނެއެވެ. އެވިޑް ކޮލެޖް ގެ ޕްރޮގްރާމް ތަކަށް އޮންލައިންކޮށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލެވިފައެވެ. އިތުރު މަޢުލޫމާތު ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ