އަންހެނުންނަށް ހާއްސަ ވެލްނެސް ސެންޓަރު، "ބެލެންސް ސްޓޫޑިއޯ" ހުޅުވައިފި އަންހެނުންނަށް ހާއްސަ ވެލްނެސް ސެންޓަރު، "ބެލެންސް ސްޓޫޑިއޯ" ހުޅުވައިފި

އަންހެނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށް "ބެލެންސް ސްޓޫޑިއޯ" ގެ ނަމުގައި އައު ވެލްނަސް އަދި ފިޓްނަސް ސްޓޫޑިއޯއެއް މާލޭގައި ހުޅުވައިފި އެވެ.
ބެލެންސް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މި ސްޓޫޑިއޯއަކީ އަންހެނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ހާއްސަކުރެވިފައިވާ ވެލްނެސް ސްޕޭސްއެކެވެ. މި ސްޓޫޑިއޯ ހުންނާނީ ޗާންދަނީ މަގުގައި ހުންނަ އެމްއެފް ބިލްޑިންގެ ހަތަރުވަނަ ފަންގިފިލާގަ އެވެ.
އެ ސްޓޫޑިއޯގައި ޔޯގާ އަދި ޕިލާޓީސްއަށް ހާއްސަ ސެޝަންތައް ހިންގުމަށް ހަމަޖެހިފައި ވެ އެވެ. މި ސެޝަންތައް ފަރުމާކުރެވިފައިވަނީ ހުރިހާ އުމުރުފުރައެއްގެ އަދި ހުރިހާ ފިޓްނެސް ލެވެލްއެއްގެ އަންހެނުންނަށް އަމާޒުކޮށްގެންނެވެ. އަދި މާބަނޑު އަންހެނުންނަށް ހާއްސަކޮށްގެންވަކި ޕްރޮގްރާމްތަކެއް ހިންގާނެ އެވެ.
އަދި، ކޮންމެ ކްލާހެއްވެސް ނަގައިދޭނީ ތަމްރީނު ލިބިފައިވާ ދާއިރާގެ ތަޖުރިބާކާރު ޕްރޮފެޝަނަލް އިންސްޓްރަކްޓަރުންނެވެ.
ބެލެންސް ސްޓޫޑިއޯގެ ކްލާސްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފަ އެވެ. އިތުރު މައުލޫމާތު ބެލެންސް ސްޓޫޑިއޯގެ އިންސަޓަގްރަމް ޕޭޖުން ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ