ޖައްވު ދިރާސާކޮށް، އިންސާނިއްޔަތުގެ އަމަނާއި ސަލާމަތަކަށްޓަކައި ޖައްވު ބޭނުންކޮށް ބެލެހެއްޓުމަށް އދ. އިން ހަދާފައިވާ ކޮމިޓީގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބިއްޖެ އެވެ.
ފޮރިން މިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮމިޓީ އޮން ޕީސްފުލް ޔޫސާސް އޮފް އައުޓާ ސްޕޭސްގެ މެންބަރުކަން ރާއްޖެއަށް ލިބުމުން، ޖައްވުން އެއްކޮށްފައިވާ މައުލޫމާތުތަކަށް ރާއްޖެއަށް ލިބޭނެ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލު ދިރާސާ ކުރުމަށާއި ކަނޑުގެ ސަލާމަތަށާއި ތިމާވެށި ރައްކާތެރި ކުރުމަށާއި ކާރިސާތަކުން ސަލާމަތްވުމަށް ރާއްޖެއަށް ލިބޭ މައުލޫމާތުތައް ބޭނުން ކުރެވޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ އިތުރުން ހޮންޑިއުރާސް، ޒިމްބާބުވޭ، މޯލްޓާ، އަދި އައިވަރީ ކޯސްޓަށް ވެސް އެ ކޮމިޓީގެ މެންބަރުކަން ވަނީ ލިބިފަ އެވެ. ކޮމިޓީގައި ޖުމްލަ 104 މެންބަރު ގައުމު ހިމެނެ އެވެ. އޭގެ ތެރޭގައި އަވައްޓެރި އިންޑިއާ އަދި ސްރީ ލަންކާ ހިމެނެ އެވެ.
އެ ކޮމިޓީ އުފެއްދީ 1958 ވަނަ އަހަރު 18 މެންބަރު ގައުމާއެކު އެވެ. ޖައްވު ދިރާސާ ކުރުމާ ގުޅޭ ގޮތުން ދުނިޔެއިން އެއްބަސްވެފައިވާ މުހިންމު ފަސް ޓްރީޓީއެއް އެ ކޮމިޓީއިން މިހާތަނަށް ވަނީ ހަދައިފަ އެވެ.
ޖައްވު ބެލެހެއްޓުމާ ބެހޭ އދ. ގެ ކޮމިޓީގެ މެންބަރުކަން ރާއްޖެއަށް ލިބިއްޖެ ޖައްވު ބެލެހެއްޓުމާ ބެހޭ އދ. ގެ ކޮމިޓީގެ މެންބަރުކަން ރާއްޖެއަށް ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ