ވަހީދުގެ ވިދާޅުވުމެއް ؛ ލިބުނު މިންވަރަށް ޝުކުރު!
ލިބުނު މިންވަރަށް ޝުކުރު ކުރާ ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.ވަހީދު މިހެން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާ 200 އަށް ވުރެ ގިނަ ތަރައްގީގެ މަޝްރޫއުގެ މަސައްކަތް އަމިއްލަ ކުންފުނިތަކާ މިއަދު ސަރުކާރުން ހަވާލުކޮށްފައި ވަނިކޮށެވެ.ތަރައްގީއާ ގުޅޭ 206 މަޝްރޫއެއްގައި ސަރުކާރުން މިއަދު ރާއްޖޭގެ އަމިއްލަ ކުންފުުނިތަކާއެކު ސޮއިކޮށްފައިވާއިރު، އޭގެ ތެރެއިން ހޯރަފުއްޓަށް ލިބުނު މަޝްރޫއަކީ އަތޮޅު ސުކޫލުގެ އޮފީސް އިމާރާތް ގާއިމުކުރުމުގެ މަސައްކަތް އެކަންނެވެ. ހޯރަފުށިގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ގަދަވެފަ ވަނިކޮށް ވަހީދު މިރޭ "އެކްސް" ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ތަކުން ހޯރަފުށްޓަށް ލިބުނީ ސްކޫލް އޮފީސް އާ އިމާރާތް އެކަނި ކަމަށާއި ހައުސިން ޔުނިޓާއެކު އުއްމީދު ކުރި އިސްލާމިކް ސެންޓަރުގެ ނަމެއް ނެތް ކަމަށެވެ.ރާއްޖޭގެ 53 ކުންފުންޏަކާ އެކު ސަރުކާރުން މިއަދު ސޮއިކުރި 206 މަޝްރޫއުގެ އަގު 2.7 ބިލިއަން ރުފިޔާ އަރާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ސަރުކާރުން މިއަދު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 206 މަޝްރޫއަކީ 123 ރަށެއްގެ ތަރައްގީގެ އެކި މަސައްކަތެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި ބިން ހިއްކުމާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ކުޅިވަރު ދާއިރާގެ މަޝްރޫއުތައް އަދި ވަގުފް އިމާރާތްތައް އެޅުން ހިމެނެ އެވެ.އުމްރާނީ ތަރައްގީގެ މަސައްކަތްތައް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ހޯރަފުށީގައި ކޮންސްޓްރަކްޝަން ދާއިރާ ދިޔައީ ދަށަށެވެ. ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރާއިއެކު ހޯރަފުށީ ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ