ވަރަ އެކްސްޕޯ ފަށައިފި

ވަޒީފާގެ ފުރުސަތުތައް ހޯދުމުގެ މަގު ފަހިކޮށްދީ ޒުވާނުން ބާރުވެރިކުރުވުމުގެ މަގްސަދުގައި ގައުމީ ބޭންކު ބީއެމްއެލްގެ އެހީތެރިކަމާއެކު 'ވަރަ' އެކްސްޕޯ މިއަދު ފަށައިފިއެވެ.މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގެ މަޤްސަދަކީ، ވަޒީފާގެ ފުރުސަތުތަކާއި ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް އެއްތަނަކުން ހޯދުމުގެ މަގު ފަހިކޮށްދީ، ދިވެހި ޒުވާނުން ބާރުވެރިކުރުމެވެ.މި އަހަރުގެ ވަރަ އެކްސްޕޯގެ މައި ސްޕޮންސަރުގެ ހައިސިއްޔަތުން، އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންނަށް ބައިވެރިވޭ ހަރަކާތްތައް ހިމެނޭ ހާއްސަ ސްޓޯލެއް ގާއިމްކޮށްފައިވާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.އެ ސްޓޯލުން ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމްތަކާއި އެކި ދާއިރާތަކުން ސްކޯލާޝިޕްގެ ފުރުސަތުތަކާއި، ދަރިވަރުންނާއި ޒުވާން ޕްރޮފެޝަނަލުންނަށް ހުޅުވާލާފައިވާ ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ޖޮބް ކޯޗިންގެ އިތުރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއާ ގުޅޭގޮތުން ލަފާ އެރުވުން އޮންނާނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.ބީއެމްއެލުން ބުނީ މި އަހަރުގެ ވަރަ އެކްސްޕޯ ހޮނިހިރު ދުވަހުގެ ރޭ 10 ޖަހަންދެން ކުރިއަށް ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ