މޯލްޑިވިއަން ބްލަޑް ސާވިސަސް އަށް ހޮޓްލައިނެއް
މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އަށް ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފި އެވެ.އެމްބީއެސްއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެމްބީއެސްއަށް ހޮޓްލައިނެއް ހަމަޖައްސާފައިވަނީ، ޚިދުމަތް ހޯދާ މީހުންނަށް ލުއިފަސޭހަ ކުރުމުގެ މަގުސަދުގައި ކަމަށެވެ. އެ ހޮޓްލައިން ނަންބަރަކީ 7333645 އެވެ.އެމްބީއެސްއިން ބުނީ އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި އެ ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އަދި އެ ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެ ޚިދުމަތުން ބުންޏެވެ.ރާއްޖޭގައި އިތުރުވަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ވަކިން ޚާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގައި ތިބި ކުދިންނަށް ބޭނުންވާ ލޭ ލިބޭނެ އިންތިޒާމު އަދި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވަނީ ފަށާފައެވެ.ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅުކުރުމަށްޓަކައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތް ރަނގަޅުކޮށް، ހޮސްޕިޓަލެއްގެ ގޮތުގައި އެ ތަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ