ދިވެހިރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ ކަނޑުމަހުން، ޗައިނާގައި ދަޅުމަސް އުފައްދައިފިއެވެ.
މިއީ ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުން ދަޅުގައި ބަންދުކޮށްގެން ނެރުނު ފުރަތަމަ ސާމްޕަލް ބެޗެވެ. ދަޅުގައި މަސް ބަންދުކޮށްފައިވަނީ ޗައިނާގެ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޓެޑާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެންނެވެ.
މިކަމަށްޓަކައި ޗައިނާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދަޅުމަހުގެ ފުރަތަމަ ސާމްޕަލް ބެޗްގައި ހިމެނޭ މަސްދަޅެއް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޒީލް ނަޖީބަށް ވަނީ އަރުވާފައެވެ.
މިކަމާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީރާއްޖެއާ ޗައިނާ އާ ދެގައުމު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ހުޅުވިގެންދިޔަ މުހިއްމު ދޮރެއްކަމަށެވެ. . އަދި ހަމައެހެންމެ، އެފް.ޓީ.އޭ އާ އެކު، ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ކުރިން ނަގަމުންދިޔަ ޑިއުޓީ، ސުންރޭޓަށް ދަށްކުރެވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ޗައިނާ އާއެކު ގާއިމްކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މަސްވެރިކަމަށް ބޮދެތި ކުރިއެރުންތަކެއް ލިބިގެންދާނޭކަމަށް މީގެކުރިން އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖެއިން ބޭރުކުރާ ކަނޑުމަހުން ޗައިނާގައި ދަޅުމަސް އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ