ހއ.ދިއްދޫއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ދިއްދޫއިން ހައްޔަރުކޮށްފައިވަނީ ހއ.ދިއްދޫ / ލިލީމާގެ، އިރުފާޙު ޝަފީޤު (25އ) ކަމަށް ފުލުހުން ބުނެއެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ-ނާކޮޓިކްސް އިންޓެލިޖެންސް، އަޕަރ ނޯތް ޑްރަގް އޮޕަރޭޝަން އަދި ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ގުޅިގެން މި މަހުގެ 3 ވަނަ ދުވަހު ހއ. ދިއްދޫގައި ކުރިއަށް ގެންދެވުނު ހާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ.
މި އޮޕަރޭޝަންގައި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 6 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިރުފާޙު ޝަފީޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށްް ތަހުގީގު ކުރަމުންނެވެ.
ދިއްދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ