ސީއައިޕީ ޓާމިނަލް ބޭރު ބަޔަކަށް ދޭކަށް ނޫޅެން: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ޖެޓްތަކަށް ހިދުމަތް ދިނުމުގެ ހުރިހާ ކަމެއް ހިމެނޭހެން، އެތަނުގެ ސީއައިޕީ/ވީއައިޕީ ޓާމިނަލް ހިންގަން ދުބާއީގެ ކުންފުންޏެއް ކަމަށްވާ 'ޖެޓެކްސް' އަށް ހަވާލުކުރާ ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މިރޭ ދޮގު ކުރައްވައިފި އެވެ.  
ވީ ކިހިނެއް؟- މިހާރު އެ ހިދުމަތް ދެމުން އަންނަ އެމްއޭސީއެލުން 'ދައުރު'އަށް ޔަގީންކޮށްދިން ގޮތުގައި އެ ފަދަ އެއްވެސް ނިންމުމެއް ނުނިންމަ އެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއައިޕީ ޓާމިނަލް ވެސް އަދި އެހެން ޓާމިނަލެއް ވެސް އެއްވެސް ބަޔަކަށް ދޭކަށް އަޅުގަނޑުމެން ނުނިންމަން. އަޅުގަނޑުމެން އެ ކަމަކާ ނޫޅެން،" ޝަރީފް މިރޭ 'ދައުރު'އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަން ހިންގަން ލިބުނު ޕްރޮޕޯސަލްތައް ހަމައެކަނި ދިރާސާ ކުރީ ކަމަށެވެ.
'ދައުރު'އަށް ލިބިފައިވާ ޖެޓެކްސް ކުންފުނިން އެމްއޭސީއެލްއަށް ފޮނުވައި މިހާރު މަޝްވަރާކުރަމުން އަންނަ ޕްރޮޕޯސަލް ކަރުދާހުގެ ކޮޕީއެއްގައިވާ ގޮތުން:
އެއާޕޯޓުގައި އާ ސީއައިޕީ/ވީއައިޕީ ޓާމިނަލެއް ހަދައި ހިންގުމަށް ޖެޓެކްސްއަށް އެއާޕޯޓުން 10،000 އަކަފޫޓުގެ ބިމެއް ދޭން ޖެހޭ
އެއްބަސްވުމުގެ މުއްދަތު ކަމަށްވާ 25 އަހަރުގެ ތެރޭ 25 މިލިއަން ޑޮލަރު އެ ކުންފުނިން އެއާޕޯޓަށް އިންވެސްޓްކުރަން ޖެހޭ
އެއާޕޯޓުން ޖެޓްތަކަށް ދޭ ހުރިހާ ހިދުމަތްތަކެއް ތެޔޮ އެޅުން ހިމެނޭ ގޮތުން ދޭނީ ޖެޓެކްސްއިން އަދި ސީއައިޕީ ޓާމިނަލް ހިންގުމުގެ ހުރިހާ ކަމެއް ކުރާނީ އެ ކުންފުނިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ