ދިރާގު ރޯޑް ރޭހުގެ މެޑަލް އާއި ރޭސް ކިޓް ދައްކާލައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) 2025ގެ މެޑަލް އަދި ރޭސް ކިޓް ދައްކާލައިފި އެވެ.
ވީ ކިހިނެއް؟ - 24 އޮކްޓޯބަރުވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގަައި ބާއްވާ ދުވުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ރަޖިސްޓްރީ ކުރެވޭނީ 4،000 ބައިވެރިން ހަމަވަންދެނެވެ.
ތަފްސީލް - ޑީއެމްއާރުއާރު 2025ގެ ރަސްމީ ރޭސް ކިޓުގައި ހިމެނެނީ:
ރޭސް ނިންމާ ވަގުތު ދެނެގަނެވޭ ޗިޕް އެކުލެވޭ ބިބް
ދުވުންތެރިންނަށް ހާއްސަ ޓީޝާޓް 
ދުވާ ދުވަހު ކޮންމެހެން ބޭނުންވާ ތަކެތި ގެންދިއުމަށް ރޭސް ދަބަހެއް 
ރޭސް ނިންމާ ކޮންމެ ދުވުންތެރިއަކަށް ޑީއެމްއާރުއާރު 2025އަށް ހާއްސަކޮށް ފަރުމާކޮށްފައިވާ މެޑަލެއް ވެސް ލިބޭނެ
ފާހަގަކޮށްލެވޭ - ޑީއެމްއާރުއާރަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމެވެ. މި ދުވުމުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވެ އެވެ.
ޑީއެމްއާރުއާރަކީ:
ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓެއް 
އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުން
ކޮންމެ އަހަރަކު ވެސް މި ދުވުމުގައި އެއްބައިވަންތަކަމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ރޫހު އުފެއްދުމުގެ އިތުރުން، މުހިންމު އިޖުތިމާއީ ކަންކަމަށް ހޭލުންތެރިކަން ގެނެސްދެ އެވެ. މި އަހަރު ޑީއެމްއާރުއާރުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފައިސާ ހޯދުމަށް ފުރުސަތު ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ