ގެއްލުނު ކޮލަމާ ބޯޓު ފެނިއްޖެ، ކެޕްޓަން ވަނީ ނިޔާވެފައި ގެއްލުނު ކޮލަމާ ބޯޓު ފެނިއްޖެ، ކެޕްޓަން ވަނީ ނިޔާވެފައި

ރޭ ލ. އަތޮޅުން ފުރައިގެން ހުވަދޫއަށް ދަތުރުކުރަނިކޮށް ގެއްލުނު "ކޮލަމާ" ބޯޓު ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ ބޯޓު ފެނިފައިވަނީ އެކެފަރާ ސަރަހައްދުން ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ބޯޓު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ 1:25 ގައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
"ބޯޓުގެ ކެޕްޓަން ޕޮލިސް ލޯންޗުގައި ވިލިނގިލި ހޮސްޕިޓަލަށް ގެންދިއުމަށް ދަނީ ދަތުރު ކުރަމުން،" ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
މި ހަބަރު ޝާއިއުކުރި ފަހުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ކެޕްޓަން ވަނީ ނިޔާވެފަ އެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ކޮލަމާ ބޯޓު މިހާރު އޮތް ސަރަހައްދު --- ފޮޓޯ: ފޮލޯ މީ
ނަމަވެސް، ކެޕްޓަނަށް ފަރުވާ ދެނީ ކިހިނެތް ވެގެން ކަމެއް އަދި އޭނާ އެ ހާލަތަށް ދިޔައީ ކޮން ކަމަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެ އެވެ. ކެޕްޓަންގެ ހާލު ސީރިއަސް ކަމަށް ކޮލަމާފުށިން ބަޔަކު މި ނޫހަށް ވަނީ މައުލޫމާތު ދީފަ އެވެ.
އެ ބޯޓު ލ. އަތޮޅުން ފުރީ ރޭ 10:00 ހާއިރު އެވެ. މާލެ އިން މުދާ ހިފައިގެން އެކި ރަށްރަށަށް ދަތުރުކުރާ ކޮލަމާ ބޯޓު ފުރި ފަހުން އެއްވެސް ހަބަރެއް ނުވާތީ މިއަދު ސިފައިން ވެސް އެ ބޯޓު ހޯދަން މަސައްކަތް ކުރި އެވެ.
މި ހަބަރު އެންމެ ފުރަތަމަ ޝާއިއުކުރިއިރު ލިބިފައިވާ މައުލޫމާތަށް ބަލައި ސުރުހީގައި ޖަހާފައި އޮތް "ކެޕްޓަނަށް ފަރުވާ ދޭން ވިލިނގިއްޔަށް ގެންދަނީ" ގެ ބަދަލުގައި މިހާރު ޖަހާފައިވާނީ "ކެޕްޓަން ވަނީ ނިޔާވެފައި" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ