މީޑިއާ ބިލާ ދެކޮޅު ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން، ކޮމިޓީން މައްސަލަ ފުލުހަށް ހުށަހަޅަނީ
މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ޚިޔާލު ފާޅުކުރި ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރުދިން ކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހަޅަން ފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭގޮތުން ނޫސްވެރިންނާއެކު ބޭއްވި ހަތަރު ގަޑިއިރުގެ ބައްދަލުވުމުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ، ބިލާ ދެކޮޅަށް ބައެއް ނޫސްވެރިން ޚިޔާލު ފާޅުކުރުމުން އެ ނޫސްވެރިންނަށް ބައެއް މީހުން މަރުގެ އިންޒާރުދިން ކަމަށާއި، ބައެއް ނޫސްވެރިން ނުރައްކަލާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެންކަމުން އެއީ ކޮން ނޫސްވެރިންތަކެއްކަން ސާފުކޮށް، ފުލުހުންނަށް އެ މައްސަލަ ހުށަހަޅަން މީކާއީލް މިއަދުގެ ބައްދަލުވުމުގައި ހުށަހެޅުއްވިއެވެ. މީކާއީލްގެ ހުށަހެޅުމަށް ތާއީދުކުރައްވައި ކެލާ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުالله ޝަރީފް އެދިވަޑައިގަތީ، މަރުގެ އިންޒާރު ލިބުނު ނޫސްވެރިން އެކަން ލިޔުމުން ކޮމިޓީއަށް ހުށަހެޅުމަށެވެ. އެއަށްފަހު ކޮމިޓީގެ އިއްތިފާގުން ނިންމީ ނޫސްވެރިންނަށް މަރުގެ އިންޒާރުދޭ މައްސަލަ ފުލުހަށް ހުށަހެޅުމަށެވެ. މެންބަރު މީކާއީލް އަހްމަދު ނަސީމް: މީޑިއާ ބިލާ ދެކޮޅު ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން މައްސަލަ ފާހަގަކުރެއްވި -- ސަން ފޮޓޯ/ މާނިއު މުހައްމަދު ފާހަގަކުރެވޭ ގޮތުގައި މީޑިއާ ބިލާ ދެކޮޅަށް ޚިޔާލު ފާޅުކުރި ބައެއް ނޫސްވެރިންގެ ފޮޓޯތައް މީސްމީޑިއާގައި އާންމުކޮށް، އެ ނޫސްވެރިންނަށް މަރުގެ އިންޒާރުދީ، އެކްޓިވިސްޓުންގެ ގޮތުގައި ލޭބަލްކޮށްފައި އެބަ ތިއްބެވެ. އެގޮތުން ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭގެ ރައީސް އަލީ ރިފްޝާނަށާއި އެ ޖަމިއްޔާގެ ބައެއް ނޫސްވެރިންނަށް އިންޒާރުދިން މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ސަރުކާރާ ގާތްގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގައި އޮތީ: މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ ދައުރުން ބޭރުން މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިލު ބަލައިގަނެ މިހާރު ވަނީ ބިލުގެ ކޮމިޓީ މަރުހަލާ ފަށައިފައެވެ. ބިލާ ގުޅޭގޮތުން މަޝްވަރާކުުރުމަށް އިއްޔެ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް ހާޒިރުކޮށް، ވަކިވަކި ނޫސްތަކާ ކޮމިޓީން މިއަދު ބައްދަލުކުރިއިރު، ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާއި ނޫސްތަކުން ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ބިލަށް އެއްވެސް އިސްލާހެއް ނުގެނެސް ވަގުތުން ބޭރުކޮށްލުމަށް ނޫސްވެރިންނާއި މީޑިއާ ކައުންސިލުން ގެންދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ