ގައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ކައުންސިލުން "5 މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވެ ގަސް އިންދުމުގެ ބޮޑު މަޝްރޫޢެއް ފަށައިފި
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ގައުމީ ފެހިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "5 މިލިއަން ގަސް" ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޤައުމީ ޔުނިވަރސިޓީ ދަރިވަރުން ފެށި މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެށީގެ ވަޒީރު، ޠާރިޤް އިބްރާހީމް އެވެ.
މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ޕްރޮގްރާމަކީ ދިގު މުއްދަތަށް ރާއްޖޭގެ ތިމާވެއްޓަށް ފައިދާ ކުރާނެ މަޝްރޫޢެއް ކަމަށާއި، މިފަދަ މަސައްކަތްތަކުގައި ޔުނިވަރސިޓީ ދަރިވަރުންގެ ބައިވެރިވުން ބަލައިގަންނަ ކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި ދަރިވަރުން އިސް ދައުރެއް އަދާކުރުމަކީ ވަރަށް މުހިންމު ކަމެއް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދަރިވަރުންގެ ކައުންސިލުން ބުނެފައިވަނީ، ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީއެއް ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ފެހިކަން އިތުރުކޮށް، ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތަށް އެއްބާރުލުން ދިނުން ކަމަށެވެ.
ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަޝްރޫއު ރަސްމީކޮށް ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެ މަޝްރޫއު ފެއްޓެވީ މި އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅުވަ އެވެ.
އެމްއެންޔޫ ދަރިވަރުންގެ ކައުންސިލުން 5 މިލިއަން ގަސް ޕްރޮގްރާމް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ