ބިލުން މިނިވަން އަޑު ކެޑި؛ ނޫސްވެރިކަން ސަރުކާރުގެ ބާރުގެ ދަށަށް ދާާނެ: އެޗްއާރުސީއެމް

މިހާރު ހުށަހަޅާފައިވާ ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރާ ބިލަކީ މިނިވަން އަޑުތައް ކަނޑާލައި ރައްޔިތުންގެ ނޫސްވެރިކަން ދައުލަތުގެ ބާރުގެ ދަށަށް ދާނޭ ބިލެއް ކަމަށާއި  އެއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ.
މީގެ އިތުރަށް އެޗްއާރުސީއެމްއިން ބުނީ އޭރުން މިނިވަން ހިޔާލަށް ހުރަސްއެޅި ސަރުކާރު ޖަވާބުދާރީކުރުވަން ހުރަސް އެޅޭނެ ކަމަށެވެ. 
ވީ ކިހިނެއް؟ - އެޗްއާރްސީއެމްއިން މިހެން ބުނީ، މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި ދައުލަތުގެ ސީދާ ބާރު އޮވެގެން މީޑިއާތައް ކޮންޓްރޯލު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ ކޮމިޓީއަށް އެ ކޮމިޝަނުގެ ފަރާތުން ހުށަހެޅި ކަރުދާހުގަ އެވެ. މި ކަރުދާހުގައި އެޗްއާރްސީއެމް އިން ވަނީ މިހާރު ބިލު އޮތްގޮތުން މިނިވަން ހިޔާލާއި ނޫސްވެރިކަން ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ބިލަށް 20 އިސްލާހެއް ހުށަހަޅާފަ އެވެ.
އެޗްއާރްސީއެމްގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އާ، މީޑިއާ ކައުންސިލް އެއްކޮށްލާތީ އެވެ. އަދި، ބްލޮގަރުން، ނުވަތަ އޮންލައިންކޮށް އަމިއްލަ ހިޔާލު ފާޅުކުރާ ނުވަތަ ވާހަކަ ހިއްސާކުރާ، ނުވަތަ އާ ހިޔާލުތައް ހުށަހަޅާ ކޮންމެ މީހަކު ރަސްޓްރީވެ، ލައިސަންސް ހޯދައި، ދައުލަތުގެ ކޮމިޝަނެއްގެ ބެލުމުގެ ދަށުން ރެގިއުލޭޓކުރުމަށް ބިލުގައި އޮތްއޮތުމާ މެދު ވެސް އެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރި އެވެ.
"މިފަދަ އުސޫލުތައް ގެންގުޅުމަކީ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާ ހިލާފު، އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމެކެވެ. ޑިމޮކްރެޓިކް ގައުމުތަކުގައި މިނިވަން އަޑުތަކާއި، ރައްޔިތުންގެ ނޫސްވެރިކަން ރައްކާތެރިކޮށްދެ އެވެ. އެއީ ދައުލަތުގެ ބާރުގެ ދަށަށް ގެންނަންޖެހޭ ކަމެއްގެ ގޮތުގައި އެ ގައުމުތަކުން ނުދެކެ އެވެ،" އެޗްއާރްސީއެމް އިން ބުންޏެވެ.
އެގޮތުން ބުނީ:
ދިމިގުރާތީ ގައުމުތަކުގައި ބްރޯޑްކާސްޓް މީޑިއާ އަދި ޕްރިންޓް މީޑިއާ ހިނގަމުން އަންނަނީ އަސާސީގޮތުން ތަފާތު އޮނިގަނޑުތަކެއްގެ ދަށުން 
އެއް ކޮމިޝަނަކުން އެއް ސުލޫކީ މިންގަނޑެއް ބޭނުންކޮށްގެން މި ދެ ނިޒާމު ރެގިއުލޭޓް ކުރުމަކީ ގައުމުތަކުގައި އަމަލުކުރާ އުސޫލެއް ނޫން
ސަބަބަކީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިންވެސް ސިޔާސީ ވާހަކަތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ފުޅާދާއިރާއެއްގައި މިނިވަންކަން ދޭންވާނެ ކަމަށް ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ބަޔާންކޮށްފައިވޭ
އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގެ މައިގަނޑި އަސާސްތަކުގެ ތެރެއިން އަސާސަކަށްވާތީ
މިސާލަކަށް، އިނގިރޭސިވިލާތުގައި ޕްރިންޓް މީޑިއާ ބަލަހައްޓަނީ އައިޕީއެސްއޯ ފަދަ މިނިވަން މުވައްސަސާތަކުން އަދި އެމެރިކާ، ކެނެޑާ އަދި ޔޫރަޕިއަން ޔޫނިއަންގައިވެސް އޮންލައިންކޮށް ހިޔާލުފާޅުކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ބަލައިގަންނަ ކަމެއް
އެ ގައުމުތަކުގައި ބްލޮގް ލިޔާ ނުވަތަ އޮންލައިންކޮށް ހިޔާލު ފާޅުކުރަން ރަޖިސްޓްރީވެ ލައިސެންސް ހޯދާކަށް ނުޖެހޭ
އެ ގައުމުތަކުގައި ބްރޯޑްކާސްޓް މީޑިއާ ރެގިއުލޭޓުކުރުމަށް ކަނޑައަޅާ ކޮމިޝަންތަކާ ހިލާފަށް ޕްރިންޓް މީޑީއާއަށް އޮންނަނީ ސެލްފް ރެގިއުލޭޓަރީ ނިޒާމެއް
އދގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީ އދި އޯގަނައިޒޭޝަން ފޯ ސެކިއުރިޓ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް އިން ކަނޑައަޅާފައިވާ މިންގަނޑުތަކުން ވެސް ކޮންޓެންޓް ކްރިއޭޓަރުންނަށް ލައިސަންސް ނުވަތަ ރަޖިސްޓްރޭޝަން ޝަރުތުކުރުން ނުވަތަ މަޖުބޫރުކުރާ ގަވާއިދުތައް ކަނޑަނޭޅުމަށް ބަޔާންކުރޭ 
"އެއީ މިނިވަން ހިޔާލުފާޅުކުރުމަށް ހުރަސްއެޅި ސަރުކާރު ޖަވާބުދާރީކުރުވަނިވި މަޝްވަރާތަކަށް ހުރަސްއެޅޭނެތީ އެވެ. ސަރުކާރުގެ ބައިވެރިވުން ހިމެނޭ ކޮމިޝަނަކުން ރެގިއުލޭޓުކުރުން ބްރޯޑްކާސްޓިން ދާއިރާއަށް އެކަނި މަހުދޫދުކުރުމާއެކު، ޕރިންޓް އަދި ޑިޖިޓަލް ޕްލެޓްފޯމުތަކުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އަމިއްލައަށް ރެގިއުލޭޓްކުރެވޭ ގޮތަށް ބޭއްވުމަކީ އެންމެ ރަނގަޅު އުސޫލުކަމުގައި މި ކޮމިޝަނުން ދެކެމެވެ،" އެޗްއާރްސީއެމްއިން ހުށަހެޅި ކަރުދާހުގައި ވެއެވެ.
"އެގޮތުން، ބްރޯޑްކާސްޓް މީޑިއާ އާއި ޕްރިންޓް މީޑިއާ ރެގިއުލޭޓް ކުރުމަށްޓަކައި މިހާރުވެސް އަމަލުކުރަމުންދާ ބްރޯޑްކާސްޓްކުރުމުގެ ގާނާނު އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ އިސްލާހުތައް އެ ގާނޫނުތަކަށް ގެނައުމާއެކު، މި ދެ ނިޒާމަކީ ވަކިން އޮންނަ ދެ ނިޒާމުގެ ގޮތުގައި ބޭއްވުމަށް ހުށަހަޅަމެވެ،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ