ގެއްލިގެން ހޯދަމުން އަންނަ ގއ. ކޮލަމާފުށީގައި ދުއްވާ "ކޮލަމާ" ބޯޓް ފެނިއްޖެ އެވެ. އަދި އެ ބޯޓުގެ ކެޕްޓަން ހާލު ބޮޑުވެގެން ވަނީ ގއ. ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ވީކިހިނެއް؟ - ލ. އަތޮޅުން ރޭ 10:00 ހާއިރު ހުވަދު އަތޮޅަށް ފުރި އެ ބޯޓް ގެއްލިގެން އެމްއެންޑީއެފްއިން މިއަދު ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނި ގޮތުގައި އެ ބޯޓް މިހާރު ފެނިފައިވާ ކަމަށާއި ބޯޓް ފެނުނީ އެކެފަރަ ސަރަހައްދުންނެވެ. އެ ބޯޓް ފެނިފައި ވަނީ މެންދުރު 1:15 އެހާއިރު ކަމަށްވާއިރު އެ ބޯޓްގެ ކެޕްޓަން ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އިތުރު ތަފްސީލެއް ނުލިބެ އެވެ.
ކޮލަމާ ބޯޓް ފެނުނުއިރު ކެޕްޓަން މަރުވެފައި؛ މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ