އިންޑޮނޭޝިއާގައި އެގައުމުގެ ދަރިވަރުންނާއި އާންމު ރައްޔިތުން އިސްނަގައިގެން ބޮޑެތި މުޒާހަރާތަކެއް ކުރަން ފެށުމުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަމަޖެއްސި އިނާޔަތްތައް ކަނޑާލަން ނިންމައިފި އެވެ.
އިންޑޮނޭޝިއާގެ ރައްޔިތުން މުޒާހަރާ ކުރަން ފަށާފައި މިވަނީ, އެ ގައުމުގައި ތަކެތީގެ އަގު މައްޗަށް ދިއުމާއި، ސަރުކާރުގެ އިސް ފަރާތްތަކަށް ދެމުންދާ ނުހަމަ އިނާޔަތްތަކާއި، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އެގައުމުގެ ފުލުހުން ބޭނުން ކުރަމުންދާ ނަހަމަ ބާރާ, އަނިޔާވެރިކަމާ ދެކޮޅަށެވެ. މި މުޒާހަރާ ތަކުގައި އިންޑޮނޭޝިއާގެ ގިނަ ޒުވާނުންނާ ގިނަ މަސައްކަތްތެރިން ބައިވެރި ވެ އެވެ.
މުޒާހަރާތައް ފެށުނީ އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް މަހަކު ތިން ހާސް ޑޮލަރުގެ ބޯހިޔާވަހިކަމުގެ އެލަވަންސެއް ލިބޭކަން ރައްޔިތުންނަށް ފަޅާއެރުމުންނެވެ. އާންމު ރައްޔިތުން ކާބޯތަކެއްޗާއި، ކުލި އަދި ދިރިއުޅުމުގެ ބޭނުންތަކަށް ފައިސާ ހޯދުމަށް ދަތިވެފައިވާއިރު, މިއީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ލިބުން ހައްގު އެލަވަންސެއް ކަަމަކަށް އެގައުމުގެ ގިނަ ރައްޔިތުން ގަބޫލެއްނުކުރެ އެވެ.
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ކުރިއަށް ދިޔަ މުޒާހަރާއެއްގައި 21 އަހަރުގެ ސައިކަލް ޓެކްސީ ޑްރައިވަރެއް ކަމަށްވާ އައްފާން ކުރްނިއަވާން މަރުވުމާ ގުޅިގެން މުޒާހަރާގެ ބައިވެރިންގެ ރުޅި އިތުރަށް ގަދަވެ އިތުރު ރައްޔިތުން މުޒާހަރާއާ ގުޅެން ފެށި އެވެ.
މުޒާހަރާތައް ކުރިއަށް ގެންދާ އިތުރު ސަބަބުތަކުގެ ތެރޭގައި އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ޓެކްސް ބޮޑުތަނުން އިތުރުވުމާއި، އާންމު ހިދުމަތްތަކަށް ހަރަދުކުރާ ބަޖެޓު ކުޑަކުރުން ހިމެނެ އެވެ. އިންޑޮނޭޝިއާގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ގެންދަނީ އެމީހުންގެ މުސްތަގުބަލާ، ވަޒީފާތަކާ، ދިރިއުޅުމުގެ ހަރަދުތަކާ މެދުގަ އެވެ.
މުޒާހަރާކުރާ މީހުންނާ ދެކޮޅަށް އެގައުމުގެ ސިފައިން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅައި ބާރުގެ ބޭނުން ކުރަމުންނެވެ. އަދި މުޒާހަރާތައް ރޫޅާލުމަށް ކަރުނަގޭހާއި، މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބާރު ޕްރެޝަރުގައި ފެން ޖަހާފައި ވެ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން، އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ދެމުން ގެންދާ ބޯހިޔާވަހިކަމުގެ އެލަވަންސް ހުއްޓާލާނެކަމަށް އިއުލާނުކޮށްފަ އެވެ. އޭނާ ވަނީ މެމްބަރުންނާއި ސަރުކާރުގެ އޮފިޝަލުންގެ ދަތުރުތައްވެސް މަޑުޖައްސާލައި، މުޒާހަރާތަކުގައި ފުލުހުންގެ އަމަލުތަކާ ގުޅޭގޮތުން ފުރިހަމަ ތަހުގީގެއް ކުރާނެކަމަށް ވައުދުވެފަ އެވެ.
މި ފިޔަވަޅުތައް އެޅުމާއެކުވެސް، އެގައުމުގެ ގިނަ ސިޓީތަކުގައި މުޒާހަރާތައް ރައްޔިތުން ދަނީ މުޒާހަރާ ކުރަމުންނެވެ.
މުޒާހަރާ ކުރަން ފެށުމުން މެންބަރުންގެ އިނާޔަތްތައް ކަނޑާލަން އިންޑޮނޭޝިއާގައި އެއްބަސްވެއްޖެ މުޒާހަރާ ކުރަން ފެށުމުން މެންބަރުންގެ އިނާޔަތްތައް ކަނޑާލަން އިންޑޮނޭޝިއާގައި އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ